ފޭދޫ ސްޕޯޓްސް ސެމީ ފައިނަލަށް ދަތުރު ކޮށްފި

އައްޑޫ ފުޓުބޯލްޗެމްޕިއަން ޝިޕްގައި ފޭދޫ ސޮޕޯޓްސް މިހާތަނަށް ކުޅުނުތިން މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. އެ ޓީމުގެ ތިންވަނަ މެޗުގައި މިއަދު ބައްދަލުކުރީ އެފްސީ ޒެފިއާ ޓީމާއެވެ. އެމެޗު 4-3 ލަނޑުން ކާމިޔާބުކުރީ ފޭދޫ ސްޕޯޓްސް އެވެ.

މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި ޖަހައިދީ ލީޑުނެގީ ޒެފިއާގެ މުޙައްމަދު އިމްޝާލެވެ. އެހެން ނަމަވެސް އެފަހުން މާގިނައިރުތަކެއް ނުވަނީ ވެސް ފޭދޫ ސްޕޯޓްސް އިން ވަނީ ގާތްގާތުގައި 3 ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނެއްކޮޅަށް ޖަހައިފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓުގައި އަލީ ޟިރުޣާމެވެ. ދެވަމަ ލަނޑު 31 ވަނަ މިނިޓުގައި ޖެހީ އަލީ ނާފިއުއެވެ. މިމެޗުގައި އޭނާ ވަނީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދައިފައެވެ. އެމީހުންގެ ތިންވަނަ ލަނޑު 38 ވަނަ މިނިޓުގައި ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލީ ވެސް އޭނާއެވެ.

މެޗު މެދަށް ހުއްޓާލީ މިނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފުގެ ކުޅުން ފަށައިގެން މެޗުގެ 48 ވަނަ މިނިޓުގައި ޢަލީ ނާފިއުވަނީ އެމީހުންގެ 4 ވަނަ ލަނޑުޖަހައި ފަރަގު ބޮޑުކޮށްފައެވެ. މިނަތީޖާގައި ކުޅެމުން ދަނިކޮށް ޒެފިއާގެ މުހައްމަދު އިމްޝަލް ވަނީ އަނެއްކާވެސް ލަނޑެއއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އޭނާ އެލަނޑުޖެހީ މެޗުގެ 56 ވަނަ މިނިޓުގައެވެ. އެމީހުންގެ ތިންވަނަ ލަނޑު މެޗުގެ 57 ފަނަ މިނިޓުގައި ޖަހައިދިނީ ޒަމްއަތު ބުޝްރީއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސް އަށް ތިން ލަނޑު ޖަހައިދިން އަލީ ނާފިއުއެވެ. މާދަމާ ހަވީރުކުޅޭ މެޗުގައި ބައްދަލުކުރާނީ ގޯދިއްޔާއި މުލިމަތި ޔުނައިޓެޑެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.