8:35
ޑިންގީ ފެނިއްޖެ. ފެނިފައިވަނީ ހިމިތީ ބޭރުން 7 ނޯޓިކަލް މޭލު ދުރުން. އެމްއެންޑީއެފް ކޯސްޓުގާޑުގެ އެހީގައި ޑިންގީ އަންނަނީ ފީއައްޔަށް ދަތުރުކުރަމުން. ޑިންގީ ފެނިފައިވަނީ މިރޭ 8:00 އެހައިކަންހާއިރު.
7:24
ޑިންގީއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްއެންޑީ އެފުން ބާއްވާ ޕްރެސް ކޮންފަރެންސެއް މިރޭ 8:00 ގައި ބަނޑޭރިކޮށީގައި އޮންނާނެ
7:24
ޑިންގީ ހޯދުމިގެ މަަސައްކަތުގައި ނައިޓްވިޝަން ކެމެރާ ބޭނުން ކުރަންފަށައިފި
7:23
ޑިންގީ ހޯދުމުގެ މަސައްކަތުގައި ފ.ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއްގައި ފުލުހުންނާއި ސިފައިން ނުކުމެއްޖެ
ތިން ކުޑަ ކުދިންނާއި ބީޑުމަހަކު ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެ ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެ ޑިންގީއަކީ އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރި އުޅަނދެއް ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 4:53 އެހައިކަންހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ. "މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދާ ޑިންގީގައި ތިބީ ފިރިހެނަކާއި 3 ކުޑަކުދިން" އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
އެއިން ދަތުރުކުރީ 9 އަހަރުގެ ކުއްޖަކާއި، 11 އަހަރުގެ ކުއްޖަކާއި13 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އެ ޑިންގީއަކީ ވިހި ފޫޓު ދިގު ޑިންގީއެކެވެ. އޭގައި ލައިފައިވަނީ ފިޔާތޮށި ކުލައެވެ. މި ޑިންގީ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގަނެއެވެ.
މުދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ދުވަސްވަރެކެވެ. އެހެން ކަމުން ކަނޑުދަތުރު ކުރާއިރު މޫސުމަށް ބަލައިގެން ވީހާވެސް ބޮޑަށް ރައްކާތެރިކަމަށް ވިސްނައިގެން ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިވަޑައިންގެންފައެވެ.
Mioh vissaara dhuvasvaru ehaa kudhakudhin govaigen ekani maaekani kan'dumahchah ..ma vaa birun halaakuvejje