ބިދޭސީއަކު ރުކަކުން ވެއްޓި އުނަގަނޑު ބިނދިއްޖެ

މަރަދޫ ހެލްތު ސެންޓަރ

އައްޑޫ ސިޓީ މަރަދޫ ގާޑިއާއެއްގައި މަސައްކަތްކުރާ ބިދޭސީއަކު ރުކަކުން ވެއްޓި އުނަގަނޑު ބިއްދިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދު 10:30 އެހައިކަންހާއިރު އެވެ. އޭނާ ވެއްޓިފައިވަނީ އެމީހާ މަސްއަކަތްކުރާ "ދެރަގަނޑަ" ގާޑިޔާ ސަރައްދުގައި ހުރި ރުކަކުންނެވެ.

ރުކުން ވެއްޓުމުން އެންމެ ފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ މަރަދޫ ސިއްޙީ މަރުކަޒުންނެވެ. މަރަދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓރ ހެލްތު ސާވިސް ޢަބްދުﷲ ތައްޔިބު ވިދާޅުވީ އެތަނުގައި ބޭއްވުމަށްފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ފޮނުވާލުމުގައި ލަސްތަކެއް ދިމާވި ކަމަށެވެ. "ލަވީ އެމްބިޔުލާންސެއް ނެތިގެން،" ކަމަށް އޭނާ ވިދާޅުވިއެވެ.

ތައްޔިބު ވިދާޅުވީ އެމީހާ މާލެ ފޮނުވުމުގެ މަސައްކަތް އޭނާއާ ޙަވާލުވެގެން ހުންނަ މީހާއާއި ހޮސްޕިޓަލާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

އޭނާއަކީ ވަރަށް ފަރިތަކަމާއެކު ރުކަށް އަރައި އުޅޭ މީހެކެވެ. އެހެންނަމަވެސް މިއަދު އޭނާ ވެއްޓުނީ ވާރޭވެހި ރުއް ތެމިފައިހުރުމުން ކަމަށް ބެލެވޭ ކަމަށް ތައްޔިބު ވިދާޅުވިއެވެ. އެމީހާ އައްޑޫގައު އުޅޭތާ ފަސް ވަރަކަށް އަހަރު ވެއްޖެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.