ރާއްޖޭގެ ރިސޯޓެއްގައި ނެގި ހާޕަރސް ބާޒާރު ބްރައިޑް އިންޑިއާގެ ފޮޓޯ ޝޫޓުގެ ފޮޓޯތައް އާއްމު ކޮށްފި

މިދިޔަ ނޮވެންބަރު މަހު ފަހުކޮޅު ބާޒާރު ބްރައިޑް އިންޑިއާއިން ނެގި ފޮޓޯ ޝޫޓުގެ ފޮޓޯތައް އެ މަޖައްލާގެ އިންސްޓެގްރާމުގައި އާއްމު ކޮށްފިއެވެ. މި ފޮޓޯ ޝޫޓު ނަގާފައިވަނީ އަނަންތަރާ ކިހަވައް ވިލާ ރިސޯޓުގައެވެ. މި ޝޫޓުގައި ބޭނުންކޮށފައިވަނީ އިންޑިއާގެ މޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލޯތުރާގެ ފަރުމާ ތަކެވެ. ބީޗް ވެޑިން އަކަށް ބޭނުން ކުރެވިދާނެ ތަފާތު ފަރުމާ ތައް މި ޝޫޓުގައި ބޭނުންކޮށްފައިވެއެވެ.

މި ފޮޓޯ ޝޫޓުގައި މޮޑެލް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް އެވެ. ބާޒާރު ބްރައިޑް އިންޑިއާ އިން ވަނީ ކެޓްރީނާގެ ތިން ފޮޓޯ އެއް އިންސްޓެގްރާމު މެދުވެރިކޮށް އާއްމުންނާ ހިއްސާ ކޮށްފައެވެ. މަޖައްލާގެ ޑިސެންބަރު-ޖެނުއަރީ ކަވަރުގެ ކެޕްޝަނުގައި ލިޔެފައިވާ ގޮތުން ޑިސެންބަރު 5 ވަނަ ދުވަހު ފަންސާސް އަހަރު ފާހަގަ ކުރި މަނީޝް ވަނީ ހެދުން ފަރުމާ ކުރުމުގެ ދާއިރާގައި ފަންސަވީސް އަހަރު ހޭދަ ކޮށްފައެވެ.

މި ފޮޓޯ ޝޫޓުގެ ބައެއް ފޮޓޯ ތަކާއި ވީޑިއޯއެއް ކެޓްރީނާ ވަނީ ފޭސްބުކު މެދުވެރިކޮށް އޭނާއަށް ތާއީދު ކުރާ މީހުންނާ ހިއްސާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.