ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ފުރަތަމަ ފަހަރަށް ސްކްރީނަށް!

ކަރަން ޖޯހަރް އަކީ އަބަދުވެސް ބެލުންތެރިން އުފާކޮށްދޭ މީހެކެވެ. އޭނާގެ މަގްބޫލު ޓިވީ ޝޯ 'ކޮފީ ވިތް ކަރަން' ގެ  އާ ސީޒަން ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ފަށާފައެވެ. މި ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ޝާހްރުޚް ޚާން އާއި އާލިއާ ބަޓްއެވެ. ރަންވީރު ކަޕޫރް އާއި ރަންބީރު ވެސް ވަނީ ކޮފީ ވިތް ކަރަން ގެ މިދިޔަ ހަފްތާގެ އެޕިސޯޑުގައި ބައިވެރިވެ ބެލުންތެރިންނަށް ނޭނގޭ ވަރަށް ގިނަ މައުލޫމަތު ހިއްސާ ކޮށްފައެވެ.

ކަރަންގެ ޝޯގަ ބައިވެރިވާނީ ކޮން ތަރިންނެއްތޯ ބަލަން ބެލުންތެރިން ތިބެނީ ކެތް މަދުވެފައެވެ. ޝޯގައި ބައިވެރިވާނީ ކޮން ތަރިންނެއްތޯ ކަރަން އިއުލާން ނުކުރި ނަމަވެސް ޝޯގެ ޝޫޓިން އަށް ފަހު ބައެއް ތަރިން ފޭސްބުކް އަދި އިންސްޓެގްރާމް މެދުވެރިކޮށް  އެމީހުންގެ ފޭނުންނާ ފޮޓޯ ހިއްސާ ކުރެއެވެ. މިގޮތުން މަޝްހޫރު ފިލްމީ ތަރި ސަލްމާނު ޚާން ވަނީ އެނާގެ ފޭސްބުކް ޕޭޖުގައި ސުހައިލް އާއި އަރުބާޒު އާ އެކު ކޮފީ ވިތް ކަރަންގެ ޝޫޓިން ގައި ނަގާފައިވާ ފޮޓޯ އެއް ޝެއަރ ކޮށްފައެވެ.

ޝާހިދު ކަޕޫރު އާއި އޭނާގެ އަންެހެނުން މި ޝޯގައި ބައިވެރިވާ ވާހަކަ ތުންތުން މަތިން ދެކެވުނު ކަމުގައި ވިއަސް ކަރަންވެސް އަދި ޝާހިދުވެސް މިކަން ޔަގީން ކޮށްދީފައި ނުވެއެވެ. އެހެންނަމަވެސް ޝާހިދު ވަނީ ކޮފީ ވިތް ކަރަންގެ ސެޓުގައި އޭނާގެ އަންހެނުން މީރާ ރާޖްޕުތް އާ އެކު ނަގާފައިވާ ފޮޓޯ އެއް އޭނާގެ އިންސްޓެގްރާމުގައި އިއްޔެ ޝެއަރ ކޮށްފައެވެ. މިއީ މީރާ ސްކްރީނަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. މިދިޔަ އޯގަސްޓު މަހު މީރާ އާ ޝާހިދަށްވަނީ އަންހެން ދަރިއަކު ލިބިފައެވެ. އެ ދަރިފުޅުގެ ފޮޓޯ ނެގުމަށް މީޑިއާ އިން ވަރަށް މަސައްކަތް ކުރިނަމަވެސް މިހާތަނަށް އެކަން ކާމިޔަބު ވާގޮތެއް ނުވެއެވެ. އެމީހުންގެ ދަރިފުޅު މީޝާ ގެންގުޅެނީ މީޑިއާއަށް ވަރަށް ބޮޑަށް ފޮރުވައިގެންނެވެ.

ޝޯގެ ފޯމެޓަށް ބަލާއިރު ކޮފީ ވިތް ކަރަން އަކީ މަޝްހޫރު ފިލްމީ ތަރިންނާ ސެލެބްރިޓީންގެ ޒާތީ ދިރިއުޅުމާއި އަދި އެނޫންވެސް ގިނަ ސިއްރުތަކެއް ބެލުންތެރިންނަށް އެނގޭ ގޮަތަށް ރޭވިފައި އޮންނަ ޝޯއެކެވެ. އެހެންކަމުން ޝާހިދުގެ ފޭނުން މިހާރު ތިބީ މިޝޯ ދައްކާނެ އިރެއްގެ އިންތިޒާރުގައެވެ. އެއީ ޝަހިދާއި މީރާގެ ދިރުއުޅުމުގެ ގިނަ ކަންތައްތަކެް އެނގިގެން ދާނެތީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.