އައްޑޫ ތެލަސީމިއާ ސޮސައިޓީއަށް އެއްބާރުލުން ދޭނަން: އެމްބީއެސް

ބުރާސްފަތި ދުވަހުގެރޭ އައްޑޫސިޓީގައި އިފްތިތާހު ކުރި އައްޑޫ ތެލެސީމިއާ ސޮސައިޓީއަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް މޯލްޑިވިއަން ބުލަޑް ސާވިސް (އެމްބީއެސް) އިން ވިދާޅުވެއްޖެއެވެ.

އެމްބީއެސް އިން ވާހަކަ ދެއްކެވި ޑރ. ޢުމަރު ވިދާޅުވީ އެފަދަ ޖަމިއްޔާތައް އުފައްދައިގެން މީހުންނަށް ހޭލުންތެރިކޮށް ތެލެސީމިއާ ކުދިންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެމްބީއެސް އިން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ. އެހެންކަމުން އައްޑޫ ތެލެސީމިއާ ސޮސައިޓީއަށް ވެސް އެއްބާރުލެއްވުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގައި އުފެއްދި މި ޖައްމިއްޔާއަކީ ތެލެސީމިއާ ބައްޔަށް ހޭލުންތެރިކަން އުފެއްދުމާއި އެ ބަލީގެ މީހުންނަށް އެހީވުމުގެ ގޮތުން އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އިފްތިތާހު ކުރުމުގެ ޖަލްސާ ބާއްވައިފައިވަނީ މަރަދޫ ބޮނޑަގޭގައެވެ. އެ ޖަމިއްޔާ އިފުތިތާޙު ކޮށްދެއްވީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗެއާޕާސަން ޖީހާން ސަލީމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.