ހޯދާ މީހާ ރާއްޖެ ނާންނަކަމަށް ބުނާއިރު، 2016 ގެ މާރާމާރީއެއްގެ ތެރެއިން އޭނާ ފެނިފައިވޭ: ކޮމިޝަން

ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ، ގެއްލުވާލައިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބާލާ ރިޔާސީ ކޮމިޝަނުން ހޯދާ މީހާ ރާއްޖެ ނާންނަކަމަށް އިމިގްރޭޝަނުން ބުނާއިރު މާރާރީއެއްގެ ތެރެއިން އޭނާ ފެންނަކަމަށް އެކޮމިޝަނުން މިއަދު ބުނެފިއެވެ.  

ތަޙްޤީޤަށް ބޭނުންވާ މީހެއްގެ ފޮޓޯ އެކޮމިޝަނުން އާންމުކުރީ އިއްޔެއެވެ. އެ ކޮމިޝަނުން އާމުކޮށްފައިވާ ފޮޓޯގައިވާ މީހަކީ މ. ކުރިރުއްގޭ އިރުފާން ރުޝްދީއެވެ. މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބުނީ ތިން އަހަރުވެގެން ދިޔައިރު މިމީހާ ދައުލަތުގެ މުއައްސަސާތަކަށް ހޯދިފައި ނުވާކަމުގައެވެ. 2015 ގައި ރާއްޖެއިން ބޭރަށް އެމީހާ ދިޔަ ފަހުން އެނބުރި ނާންނަކަމަށް އިމިގްރޭޝަނުން ބުނެއެވެ. ނަމަވެސް 2016 ގައި ހިނގި މާރާމާރީއެއްގައި އޭނާ ހުއްޓާ ސީސީޓީވީ ފޫޓޭޖަކުން ފެނިފައިވާކަމަށް ވެސް ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައެވެ.

އިރުފާނަކީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ މީހެއްކަމަށް ފޮޓޯއާއެކު އިރުފާން ހޯދުމަށް ކޮށްފައިވާ އިޢްލާންގައި ބުނެއެވެ. އިރުފާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ކޮމިޝަނަށް ގުޅުއްވާ މައުލޫމާތު ޙިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. އެގޮތުން އެކޮމިޝަނަށް އެކަމާ ބެހޭ މަޢޫލޫމާތު ހީއްސާ ކުރުމަށް ގުޅާނެ ދެނަމްބަރުވެސް ކޮމިޝަނުން ވަނީ އާއްމުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ، ގެއްލުވާލައިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބާލާ ކޮމިޝަނުން 27 މައްސައެއް ބަލަމުންދާކަމަށް އެކޮމިޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ. އެކޮމިޝަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.