އައްޑޫސިޓީގެ ދިހަ ސަރަހައްދެއް ސާފުކޮށްފި

އައްޑޫސިޓީގެ ދިހަ ސަރަހައްދެއް ސާފުކޮށްފި

އައްޑޫސިޓީގެ ދިހަ ސަރަޙައްދެއް މިއަދު ސާފުކޮށްފިއެވެ. މިއީ "އިންޓަރނޭޝަނަލް ކޯސްޓަލް ކުލީން އަޕް ޑޭ" ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޙަކަރަކާތެކެވެ. މިއަދު ހެނދުނު ބޭއްވި މި ޙަރަކާތް އިންތިޒާމް ކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.

މިއަދު ސާފުކޮށްފައިވާ ސަރަޙައްދުތައް:

ކޯހެރެކެފޭ ކުރިމަތިން އުތުރަށް ހިމާޔަތް ކޮށްފައިވާ ސަރަހައްދު: މި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވަނީ ވެށި ސައުފު، ސްކީލް، ބީއެމްއެލް (ހިތަދޫ ބުރާންޗު) ހިޔުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، ޙިރާސްކޫލް، ނޫރުލްއިސްލާމް، ހިތަދޫ އަވަށު އޮފީސް، ވެމްކޯގެ ޓީމުތަކެވެ.

ނޭޗަރ ޕާކު ސަރަހައްދު ސާފު ކުރުން: މިމަސައްކަތުގައި ބައިވެރިވެފައިވަނީ، ނޭޗަރޕާކު، ރޯވިންއެސޯސިއޭޝަން (އައްޑޫ) ދިރާގު، އައިރަނަރސް، ކައުންސިލް އިދާރާގެ ހިތަދުއަށް ނިސްބަތްވާ މުވައްޒަފުން، ވެމްކޯ އެވެ.

އީދިގަލިކިޅިން ފެށިގެން ޒިޔާރަތްފަންނާ ހަމައަށް: މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތެރިވެފައިވަނީ އުތުރުސާފު، އެމްއެންޑީއެފް، ޒެފިއާ، ކެންގަރޫ ކިޑްސް، ހިތަދޫ ސްކޫލް، ނޫރާނީ ސްކޫލް، އުރީދޫ، ކުލަބު ރިވަރިން، ޑަބްލިޔުޑީސީ، ކޮކާކޯލާ ކޮމްޕެނީ، ވެމްކޯ އެވެ.

ޒިޔާރަތްފަންނުން ފެށިގެން ސަހަރާ ހަމައަށް: މި މަސައްކަތުގައި ހަރަކާތެރިވި ޓީމުތަކަކީ އައްޑޫ ފުރެންޑްސް، ޖޭސީއައި އައްޑޫ، މޯލްޑިވްސް އިސްލާމިކް ބޭންކު، އައްޑޫހައިސްކޫލް، ހިތަދޫ ހޮސްޕިޓަލް، ޝަރަފުއްދީން ސްކޫލް، ޑަބްލިޔުޑީސީ، އެންޓިކޮރަޕްޝަން ކޮމިޝަން، ވެމްކޯ އެވެ.

ހިތަދޫ ފުލެޓު ސަރަހައްދުން ފެށިގެން އާރުއޭއެފް މަގަށް: މި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތުގައި ޙަރަކާތެރިވެފައިވަނީ އެމްއާރުސީ، މީރާ، ފެނަކަ، އެމްއެންޔޫ (ހިތަދޫ)، މޯލްޑިވްސް ޕޮލިސް ސާވިސް، ޕޯޓްސް ލިމިޓެޑު، ޑަބްލިޔުޑީސީ، ކޮކާކޯލާ ކޮމްޕެނީ، ވެމްކޯއެވެ.

މަރަދޫ ސްވިމިން ޓްރެކުން ފެށިގެން އިރުޝާދިއްޔާއާ ހަމައަށް: މިސަރަހައްދު ސާފުކުރުމުގައި ހަރަކާތެރިވެފައިވަނީ އަކުވަވެންޗަރ ޑައިވްސެންޓަރ، ޝަންގުރިއްލާ، މަރަދޫ ހެލްތު ސެންޓަރ، ރަބީޢުލް ޤުލޫބު، ކަސްޓަމްސް، މަރަދޫ ސްކޫލް، މަރަދޫ އަވަށު އޮފީސް، ޑަބްލިޔުޑީސީ، ކައުންސިލް އިދާރާގައި މަސައްކަތްކުރައްވާ މަރަދުއަށް ނިސްބަތްވާ މުވައްޒަފުން، ވެމްކޯއެވެ.

އިރުޝާދިއްޔާއިން ފެށިގެން ފޭދޫ ބުރިޖަށް: މިސަރަޙައްދު ސާފުކުރުމުގައި ހަރަކާތެރިވެފައިވަނީ މަރަދޫފޭދޫ ސްކޫލް، ބީއެމްއެލް (ގަން) ދިރާގު، އިރުޝާދިއްޔާ ސްކޫލް، މަރަދޫފޭދޫއަވަށު އޮފީސް، ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާ މަރަދޫފޭދުއަށް ނިސްބަތްވާ މުވައްޒަފުން،ވެމްކޯ އެވެ.

ފޭދޫއިން ތިން ސަރަހައްދެއް: ސާފުކުރުމުގައި މަސައްކަތް ކުރެއްވީ ޖޭސީއައި އައްޑޫ، ޑަބްލިޔުޑީސީ، ފޭދޫސްކޫލް، އައްޑޫ މެޑިސިޓީ، ފޭދޫ އަވަށު އޮފީސް، އެއިމްސް، އެސްޓީއެލް، އީކުއޭޓަރވިލެޖު، ކައުންސިލް އިދާރާއިން ފޭދުއަށް ނިސްބަތްވާ މުވައްޒަފުން، ވެމްކޯއެވެ. ފޭދޫއިން ސާފުކޮށްފައިވަނީ، ބުރިޖުސަރަހައްދުން ފެށިގެން ބަނދަރު ސަރަޙައްދަށް، ސަވާހިލި ސަރަހައްދުން ފެށިގެން ހިއްކިމުން ދިގިހެރައިގެ ފުއްޓަރާ ހަމައަށް، އެސްޓީއެލް ސަރަހައްދުން ފެށިގެން ގަން ބުރިޖު ސަރަޙައްދަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.