މިސްކިތަށް ވަޑައިގެންނެވިއިރު ކޭޓް ތުރުކުރެއްވި ހެދުންކޮޅު ބާޒާރުން ލިބެން ނުހުންނާނެ

ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ބުރާސްފަތި ދުވަހު ތުރުކުރެއްވި ވިލުނޫކުލައިގެ ހެދުންކޮޅު ބަޒާރުން ލިބެން ނުހުންނާނެ ކަމަށް ޕީޕަލްސް މެގަޒިން އިން ބުނެފިއެވެ. ކޭޓް ތުރުކުރައްވާ ހެދުންކޮޅުތަކަށް އާއްމުގޮތެއްގައި ބާޒާރުގައި ވަރަށް ޑިމާންޑް ބޮޑުވެއެވެ. ނަމަވެސް އިއްޔެ ތުރުކުރެއްވި ހެދުންކޮޅު ފަރުމާ ކުރެއްވި ފަރާތާ ހަވާލާދީ އެ މަޖައްލާ އިން ރިޕޯޓުކުރި ގޮތުގައި އެ ހެދުންކޮޅަކީ އެކްސްކްލޫސިވް ފަރުމާ އެކެވެ. އެހެންކަމުން ބާޒާރުން ލިބެން ނުހުންނާނެއެވެ. 

ފިރިކަލުން ވިލިއަމްގެ އަރިހުގައި ކޭޓް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޭޓް ތުރުކުރައްވަނީ ޕާކިސްތާނު ހެދުމެވެ. ފަސް ދުވަހުގެ މިދަތުރުފުޅުގައި މިހާތަނަށް އެކަމަނާ ވަނީ ސަލްވާރު ގަމީހާއި، ޝެރްވާނީ އާއި ކުރުތާ ތުރުކުރައްވާފައެވެ.

ޕާކިސްތާނަށް ވަޑަގެންނެވި ރޭ އެކަމަނާ ތުރުކުރައްވައިގެން ހުންނެވީ މަޑު ވިލުނޫ ޕާކިސްތާނު ހެދުމެކެވެ.

ދަތުރުފުޅުގެ ދެވަނަ ދުވަހު އެކަމަނާ ތުރުކުރެއްވީ ޝާހީ ނޫކުލައިގެ ކުރުތާ އެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން އާއި ބައްދަލުކުރެއްވި އިރު ތުރުކުރެއްވި ފެހި ކުލައިގެ ޝެރްވާނީ އަށް ވެސް މީޑިއާގެ ސަމާލުކަން ލިބުނެވެ.

މި ދަތުރުފުޅުގަިއ އެކަމަނާ ތުރުކުރެއްވި ހެދުންކޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ލާހޯރްގައި ހުންނަ ބާދްޝާހީ މިސްކިތަށް ކުރެއްވި ޒިޔާރަތުގައި އެކަމަނާ ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅަށެވެ. އެ ހެދުންކޮޅަކީ އަތުން ޖަރީކޮށްފައިވާ ރަންކުލައާއި ވިލުނޫކުލައިގެ ހެދުންކޮޅެކެވެ. އެ ހެދުން ބައްލަަވައިގެންފައިވަނީ ޗެލްސީގައި ހުންނަ އޯނީތާ ބުޓީކުން ކަމުގައި ޕީޕަލްސް މެގަޒިން އިން ރިޕޯޓުކުރެއެވެ. އެއީ ޕާކިސްތާނުގެ ޑިޒައިނަރު މާހީން ޚާން ގެ ފަރުމާ ކުރެއްވި ހެދުމެކެވެ. ހެދުމަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓުނީ ހެދުންކޮޅުގެ ދޯޕައްޓާއިން އެކަމަނާގެ އިސްތަށިފުޅު ނިވައިކުރައްވައިގެން ހުންނެވުމުންނެވެ. ދޯޕައްޓާ ފަރުމާކުރެވުނީ ހެދުންކޮޅު ބައްލަވައިގެންނެވުމުން އެ ކަމަނާއަށް ޚާއްޞަކޮށް، އެ ހެދުންކޮޅާ ގުޅުވުމަށެވެ.

ދަތުރުފުޅުގައި މިހާތަނަށް ކޭޓް ތުރުކުރެއްވީ މާހީން ޚާންގެ ޑީޒައިންތަކެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގައުމީ ސްޓައިލް ޚިޔާރުކުރެއްވީތީ ކޭޓްއާއި ވިލިއަމް އަށް ވެސް ޕާކިސްތާނުގެ ޑިޒައިނަރުން ވަނީ ތައުރީފުކޮށްފައެވެ. ބޮޑުވަޒީރު އެރުވ ފަރިއްކޮޅަށް ދުރުވިއިރު ވިިލިއަމް ތުރުކުރައްވަިއގެން ހުންނެވީ ފެހިކުލައިގެން ޝެރްވަނީއެކެވެ. މިއީ ޝާހީ ޢާއިލާގެ ފިރިހެން ބޭފުޅަކު ޕާކިސްތާނުގެ ސްޓައިލްއަށް ފުރިހަމައަށް ހެދުން ތުރުކުރައްވައިގެން އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

View this post on Instagram

It is our great pleasure to join you here this evening on our first official visit to Pakistan. I would like to begin by saying bahut shukria to you all for making us so welcome in your country. Stood here with this magnificent monument behind me, I am struck by the great strides Pakistan has made since its birth seventy-two years ago. The view from this hill would have been quite different when my grandmother, The Queen, first visited over half a century ago. Looking out, one would have seen the beginnings of a city under construction, yet to become the great capital that it is today. And with successive visits by my mother and my father, this view has continued to change, with the city constantly growing and with it my family’s affection for Pakistan. Take a look at our Stories?to see more from The Duke and Duchess of Cambridge’s first full day of their visit to Pakistan.

A post shared by Kensington Palace (@kensingtonroyal) on

View this post on Instagram

On the first full day of their visit to Pakistan, The Duke and Duchess of Cambridge’s first engagements in Islamabad championed the importance of quality education, and highlighted how girls benefit from pursuing higher education and professional careers. At Islamabad Model College for Girls, The Duke and Duchess heard how students are benefiting from the ‘Teach for Pakistan’ programme. @TeachforPakistan is a fast-track training programme modelled on the successful @TeachFirstUK scheme, which is focused on improving the quality of teaching in schools which serve families from disadvantaged backgrounds. Carrying on the theme of education, The Duke and Duchess visited the Margalla Hills, which sit in the foothills of the Himalayas. There, they joined children from four local schools for activities taking part in activities designed to educate young people on environmental protection and wildlife conservation. This included helping the children identify and remove species of plants that are threatening the natural environment, bird watching, and storytelling on local environment issues. ? Kensington Palace #RoyalVisitPakistan #Pakistan

A post shared by Kensington Palace (@kensingtonroyal) on

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.