ރައީސްގެ އެޑުވައިޒަރަކަށް ޝިހާބު، ސްޓޭޓު މިނިސްޓަރަކަށް މާހިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެޑްވައިޒަރަކަށް ކުރީގެ މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ޝިހާބު މިއަދު އަންޔަން ކުރައްވައިފިއެވެ.

އޭގެ އިތުރަށް  ރައީސް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ މަގާމަށް ފާދިއްޕޮޅު ހިންނަވަރު، ހިޔާވަހި މުޙައްމަދު މާހިރު ޢީސާ ޢައްޔަން ކުރައްވައިފައެވެ. މާހިރަކީ މީގެ ކުރިން ވެސް އެމިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކަށް މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި ޅ. އަތޮޅު ކައުންސިލަރުގެ މަޤާމްވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ.

މި ދެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރަށް މެންބަރުކަމާއި، މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޝިހާބު މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވަރސިޓީން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.