އައްޑޫގައި ކަރަންޓާ ނުލާ 8 ގަޑީއިރު، ހޭދަކުރަން ޖެހުމުން ރަށްޔިތުންނަށް ވަރަށް ގެލުން ވެއްޖެ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގު ވިދާޅުވެއްޖެއެވެ.
މޭޔަރ، ކުރައްވައިފައިވާ ޓުވީޓެއްގައި ވަނީ އައްޑޫ ކަރަންޓް މައްސަލައަށް ދާއިމީ ޙައްލެއް ފެނަކައަށް ހޯދައި ނުދެވުނު ކަމަށެވެ. މައްސަލައެއެ ދިމާވާ ކޮންމެ ފަހަރަކު އިންތިހާއަށް ބޮޑު ޚަރަދު ކުރާކަމަށެވެ. އައްޑޫ ކަރަންޓް މައްސަލައަށް ސަރުކާރުން، ދާއިމީ އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާކަމަށް މޭޔަރ ވިދާޅުވިއެވެ.
އައްޑު ކަރަންޓް މައްސަލައިގައި އެ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ދަނީ ކަންބޮޑުވުން ފާޚުކުރައްވަމުންނެވެ. ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫގެ ބޮޑުބައެއްގައި އިއްޔެވެސް ކަރަންޓް ނެތްކަމަށެވެ. ރައްޔިތުން ބޭނުންވަނީ ވަގުތީ ހައްލެއް ނުން ކަމަށާއި ދާއިމީ ހައްލެއްކަމަށެވެ. ނަމަވެސް އެކަން ފެނަކައަށް ވާތަން ނުފެންނަ ކަމަށެވެ.
Addu ge bodu baeh gai miadhuves karantu neiy.
Raiyyithun beynun vanee vaguthee halleh noon..Dhaaimee halleh. Mikan FENAKA akah vaathaneh nufeney.— Mohamed Aslam (@aslamdp) September 8, 2019
ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީނިޒާރު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވަނީ އައްޑުއަށް ދިމާވަމުން އަންނަ ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވި ދެ ސަރުކާރުގޮސްފައިވާކަމުގައެވެ. ތިންވަނަ ސަރުކާވެސް އައިސް އަހަރެއް ވަނީ ކަމުގައެވެ.
Addu City ge gulhifaivaa rah thakugai current nethi 06 gadi iru. Rayyithun kanu andhireega. Current ge massala hallu nukurevi 02 sarukaaru gossi. 03 vana sarukaarah 01 aharu vanee.
— Ali Nizar (@DhekunuNizar) September 8, 2019
ހިތަދޫ މެދު ދާއިރާގެ މެމްބަރ އަޙުމަދު ރަޝީދު ކުރައްވައިފައިވާ ޓްވީޓެއްގައި ވަނީ އައްޑޫއިން ކަރަންޓް ކެނޑިފައިވަނީ ކަރަންޓް މައްސަލަ ހައްލުކުރުމަށް ފެނަކައިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީކަމަށެވެ. އަދި މިވަގުތު ކަރަންޓް ކެނޑިފައިވާ މައްސަލަ ޙައްލުކުރުމަށްވެސް ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށެވެ.
Addu city ge karantu hahlu kuran fenaka in ekasheegenva masahkatheh nukurevumuge natheeja akee Addu city kanu adhirivun mivaguthu ves karantu neh adhi mikan hahlu kurumah fenakain ekasheegenva mashkatheh nukureve.
— Ahmed Rasheed (@AraairuRasheed) September 8, 2019
އައްޑޫ ކަރަންޓް މައްސަލަ ހައްލުކުރުމަށް މާލެއިން ދެ އިންޖިނޭރުން އައްޑުއަށް ގެންދާ ކަމަށް ފެނަކައިން ވަނީ ވުދާޅުވެފައެވެ. މި ދެ އިންޖިނޭރުން ކުޑައިރުކޮޅެއްގެ ތެރޭގައި މޯލްޑިވިއަން އިން އައްޑޫއަށް ދާނެކަމަށް ފެނަކައިން ބުނެއެވެ. މި އިންޖިނޭރުން އައްޑުއަށް ދަނީ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އިތުރު ފަންނީ އެހީތެރިކަން ފޯރުކޮށް ދެއްވުމަ ކަމަށް އެކުންފުނިން ބުނެއެވެ.
އައްޑޫން ކަރަންޓް ކެނޑިފައި ވަނީ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫއިން އެވެ. ގަމަށްވެސް ކަރަންޓް މައްސަލަ ދިމާވެފައި ވީނަމަވެސް މުހިންމު ތަންތަނުގައި ކަރަންޓް ހުރިކަމަށް ވެއެވެ.
އައްޑޫ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިފައިވަނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ފެނަކައިން ބުނެއެވެ.
"އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަނަޓް ޚިދުމަތް މެދުކެނޑިފައި ވާތީ، މައްސަލަ ޙައްލުކުރުމަށް މިކުންފުނީގެ ފަންނީ މުވައްޒަފުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ." ފެނަކައިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.
ލަސްތަކެއް ނުވެ އައްޑޫ ގުޚުފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ޙައްލުކޮށް ޚިދުމަތް އިޔާދަ ކޮށްދެއްވާނެ ކަމުގެ ޔަޤީން ކަން ފެނަކައިން ވަނީ ދެއްވައިފައެވެ.
އައްޑޫ ރައްޔިތުން އެމައްސަލައިގައި ދައްކަމުންދާ ކެތްތެރިކަމު ނާމޫނާ ފާހަގަކޮށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.