ސިފައިންގެ ބޭކަލެއްގެ އެހީތެރިކަމާއެކު ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްވެއްޖެ

ހ. ފެންނާގެ 6 ވަނަ ފަންގިފިލާގައި އޮތް އުމުރުން 15 ދުވަސްވީ ތުއްތު ކުއްޖެއްގެ ނޭވާހުއްޓިފައިވަނިކޮށް ސިފައިންގެ ބޭކަލެއްގެ އެހީތެރިކަމާއެކު އެކުއްޖާގެ ފުރާނަ ސަލާމަތް ވެއްޖެއެވެ.

އެކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޕްރައިވެޓް އިބްރާހީމް ސިނާނެއެވެ. އޭނާ ވަނީ އަތްދަނޑިމަތީގައި އެކުއްޖާ ބާއްވައިގެން  ސިއްހީ އަވަސްފަރުވާ ދިނުމަށް އެމް އެންޑީ އެފް ސެނަހިޔާ އަށް ކުއްޖޭ ގެންގޮސްފައެވެ. އޭނާ އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ދުވެފައެވެ.

 ސެނެހިޔާ އިން އެކުއްޖާ އަށް ފަރު ދީފައިވަނީ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރ، ފަސްޓްލެފްޓިނެންޓް ޑރ. ޝިފްލާ އަބްދުލް ލަތީފް ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.

އެކުއްޖާގެ ނޭވާ ހުއްޓެން ދިމާވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ސިނާނަކީ ކޯސްޓްގާޑުގައި މަސައްކަތް ކުރައްވާ ބޭކަލެކެވެ.

ފެންނާގޭ ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން އެކުއްޖާ 6 ވަނަ ބުރިން ބޭލީ ސިޑިން ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. މިޙާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 10:30 އެހައިކަންހާއިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.