އޮމަދުއާއި، މަރަދޫފޭދުއާއި، ރިނބުދޫ ބަނދަރު ހަދަން ކުންފުންޏަކާ ޙަވާލުކޮށްފި

ތިން ރަށެއްގެ ބަނދަރު ހަދަން ކުންފުންޏަކާ މިއަދު ޙަވާލުކުރައްވައިފައެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމަސައްކަތް ޙަވާލުކުރައްވައިފައިވަނީ ހެވީ ފޯސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ތ. އޮމަދޫ ބަނދަރު ހެދުމަށް އެކުންފުންޏާ ޙަވާލުކުރައްވައިފައިވަނީ 32.2 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަންދީފައިވަނީ 366 ދުވަހެވެ. ކުރަންޖެހޭ މަސައްކަތަކީ 307 މީޓަރުގެ ބޭރު ތޮއްޓެއް ޖެހުމާއި، 388 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި، 123 މީޓަރުގެ ރިވެޓުމެންޓް ޖެހުމާއި، ނެރުބައްތި ޖެހުމާއި، އެއްގަމުތޮއްޓާ އިންވެގެން ޕޭވްމަންޓް ހެދުމެވެ. އަދި ބަނދަރު ފުންކޮށް ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުމާއި، ބަނދަރުގައި ރޭމްޕެއް ހަދަންވެސް އެކުފުންޏާ ވަނީ ޙަވާލު ކުރައްވައިފައެވެ.

ސ މަރަދޫފޭދޫ ހާބަރު އަޕްގްރޭޑު ކުރުމަށް އެކުންފުންޏާ ޙަވާލު ކުރައްވައިފައިވަނީ 366 ދުވަސްތެރޭ ނިންމާ ގޮތަށެވެ. މަސައްކަޔުގެ އަގަކީ 31.6 މިލިއަން ރުފިޔާއެވެ. އެރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކީ  243 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި، 100 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއި، 260 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ލުމާއި، ނެރުބައްތި ޖެހުމާއި 42 ގުރޯއިން ޖެހުމާއި  އެއްގަމު ތޮއްޓާ އިން ވެގެން ޕޭވްމަންޓެއް ހެދުމާއި ބަނދަރު ސަރަހައްދުގައި ލައިޓްތައް ޖެހުމާއި، ރޭމްޕެއް ހެދުމެވެ.

ދ. ރިނބުދޫ ބަނދަރު ހެދުމަށް އެކުންފުންޏާ ޙަވާލު ކޮށްފައިވަނީ 29.4 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ހަވާލުކުރީ 240 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. ކުރަންޖެހޭ މަސައްކަތަކީ 20 މީޓަރުގެ ގުރޯއިން ޖެހުމާއި 254 މީޓަރުގެ ކޮންކްރީޓު ބްލޮކް އެއްގަމު ތޮއްޓެއް ލުމާއި، 120 މީޓަރުގެ ރިވެޓުމެންޓެއް ޖެހުމާއި، 65 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި، 247 މީޓަރުގެ ބޭރުތޮށި ޖެހުމާއި 23.5 މީޓަރުގެ ވޯލްކްވޭއެއް ހެދުމާއި ރޭމްޕެއް ހެދުމާއި، ބަނދަރު ފުންކުރުމާއި ބަނދަރުގެ މަގު ފުންކުރުމާއި ނެރުބައްތި ޖެހުމާއި ބަނދަރު ސަރަހައްދުގައި ލައިޓުޖެހުމެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓަރޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ހެވީ ފޯސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އިބްރާހީމް ޒަމީރެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ޕްލޭނިން މިނިސްޓްރީގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.