ލ. ގަމުގައި ހުރި އެމްއޯ ހޮޓާ ކައިރީ ބާއްވާފައި އޮތް ވޭނެއް ވަގަށް ނަގައިގެން ގެންގޮސް، އޭގައި ރޯކޮށް ބޭނުން ނުކުރެވޭވަރަށް އަންދާލައިފިއެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާ ހިންގާފައިވަނީ މުކުރިމަގު ހަތްތެއްޔާ ދިމާ އިރުމަތީ ފަރާތު އަތިރިމައްޗަށް ގެންގޮސްގެން ކަމަށެވެ. މިރޭ ހިންގި މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނާއި ސިފައިންނަށް ލިބުމުން އެތަނަށްގޮސްވަނީ ވޭންގެ އަލިފާން ނިއްވައިފައެވެ. މިއީ އެމްއޯ ހޮޓަލުގައި ބޭނުންކުރަމުންދާ ވޭނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަވަނީ މިމައްސަލަ ބަލަމުންނެވެ.