ރާއްޖޭގެ އެއްވެސް ތަނެއް އިންޑިއަށް ދިނުމަށް ނިންމާފައި ނުވާކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިންޑިއާއަށް ދޭން އުޅޭ ކަމަށްބުނެ ފެތުރޭ އަޑުތަކަކީ އެއްވެސް ޙަޤީޤަތެއްނެތް އަޑުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދޭތެރޭގައިވަނީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ނިސްބަތްވާ ކަމަށް ބުނާބައެއްގެ ފޮޓޯ ސޯޝަލްމީޑިއާގައި ދައުރުވެސް ވެފައެވެ. އެކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދުވިދާޅުވީ ރާއްޖެއަށް އެތައް ފަތުރުވެރިން އަންނަމުންދާއިރު ޖީއެމްއާރުގެ ބަޔަކުވެސް އަތުވެދާނެ ކަމަށެވެ. އެހެންނަމަވެސް ޖީއެމްއާރަށް އަލުން އެއާޕޯޓު ދިނުމަށް ނިންމަވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ރާއްޖޭގެ ތަނެއް ހޯދަން އެދިވަޑައިގެންފައި ވެސް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ ބޭފުޅަކު ވިޔަސް ކަނޑުކޮސް ވާހަކައް ދައްކައިފިނަމަ ވާނީ ކަނޑުކޮސް ވާހަކަޔަކަށް. ޓޫރިސްޓުންގެ ގޮތުގައި އަންނަ އިންޑިޔާ ބަޔަކު ޔުނީފޯމްގައި ތިބީމާ އެކަން ހަމަޖައްސަން ދެއްކީ ގްރޭޑް ގެ ކުދީން ގާތު ބުނާ ޒާތުގެ ވާހަކައެއް.