އިންޑިއާ ސިފައިން ހިފެހެއްޓި މަސްދޯނި ދޫކޮށްލައިފި

އިންޑިއާ ކޯސްޓްގާޑު ސިފައިން ހިފެހެއްޓި ރާއްޖޭގެ މަސްދޯނި ދޫކޮށްލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ވީވަރު ނަމަކަށް ކިޔާ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އެދޯނި ދޫކޮށްލުމުން މިހާރުވަނީ ރާއްޖެއައުމަށް ފުރައިފިއެވެ. އިންޑިއާއިން މި ދޯނި ދޫކޮށްލައިފައިވަނީ ރާއްޖެއާ އޮންނާ ގާތްގުޅުމުގެ މައްޗަށް ބަލައިފައެވެ. 12 މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު އެދޯނި އިންޑިއާ ސިފައިން ހިފެހެއްޓީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެ ދޯނި ހިފެހެއްޓީ ލަކްޝަދީބުގެ އަތޮޅެއް ކަމަށްވާ ސުހެލީ ކައިރިންނެވެ. އެއީ އަވަށްޓެރި މަލިކަށް ވުރެ އުތުރުގައި އޮންނަ އަތޮޅެކެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ދިވެހި މަސްވެރިން ވެސް މަހަށްނުކުމެ އުޅޭއިރި އަވަށްޓެރި ޤައުމަުތަކުގެ އިޤްތިސާދީ ސަރަޙައްދަށް ނުވަނުމަށެވެ. އަދި މަސްވެރިންވެސް ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތުމަށް ވެސް ކޯސްޓުގާޑުންވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.