ބްރޫސް ވޭއިން އަކީ ޚިޔާލީ ކެރެކްޓަރ އެއް ކަމެއް ޓްރަމްޕް އަށް އެނގިވަޑައެއް ނުގަތް

'ދަ ޑާކް ނައިޓް ރައިޒެސް' ގައި ބްރޫސް ވޭއިން ގެ ރޯލު ކުޅުނު ތަރި ކްރިސްޓިއަން ބޭލް ބުނާ ގޮތުން އެމެރިކާގެ ރައީސަށް ބްރޫސް ވޭން އަކީ ޚިޔާލީ ކެރެކްޓަރ އެއް ކަމެއް އެނގިވަޑައެއް ނުގަތެވެ. ވެރައިޓީ އަށް ދިން އިންޓަރވިއުއެއްގައި ބޭލް ބުނީ 2011ވަނަ އަހަރު ޓްރަމްޕް ޓަވަރުގައި 'ދަ ޑާކް ނައިޓް ރައިޒެސް' ގެ ސެޓްގައި ޓްރަމްޕް އާއި ބައްދަލުވި ކަމަށެވެ.

ބޭލް ބުނިގޮތުގައި ފިލްމުގެ ކްރޫ އާއެކު ސެޓުގައި އުޅެނިކޮށް  ޓްރަމްޕް އާ ދިމާވެގެން  އޭނާގެ އޮފީހަށް ދިއުމަށް ދައުވަތު ދިން ކަމަށެވެ. އޭނާ ޓްރަމްޕް އޮފީހަށްް ދިޔައީ ބްރޫސް ވޭއިންގެ ކޮސްޓިއުމުުގައި ކަމަށް ބޭލް ބުންޏެވެ. އޮފީހަށް ދިއުމުން ޓްރަމްޕް އޭނާ އާ ވާހަކަ ދެއްކީ ބްރޫސް ވޭން ކަމަށް ހީކޮށް ކަމަށާއި އެހެންކަމުން އޭނާ އަކީ ބްރޫސް ވޭއިން އަކީ ހަގީގީ ކެރެކްޓަރ އެއް ނޫން ކަމަށް ނުބުނެ، ބްރުށް ވޭން ކަމަށް ހެދިގެން ޓްރަމްޕް އާއި ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް ދުވަހަކުވެސް ޓްރަމްޕް އެމެރިކާގެ ރައީސަށް ވެދާނެ ކަމަށް އޭނާގެ ހިތަށް ވެސް ނާރާ ކަމަސް ބޭލް ބުންޏެވެ 

ބޭލް ވެރައިޓީ އަށް އިންޓަރވިއު ދީފައިވަނި އޭނާގެ އާ ފިލްމް 'ވައިސް'ގެ ޕްރޮމޯޝަން ތެރެއިންނެވެ. 'ވައިސް' އަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު. ބުޝްގެ ވެރިކަމުން ފެށިގެން ޓްރަމްޕް ވެރިކަމަށް އައި ގޮތާ މެދު ހިނގާފއިވާ ސިޔާސީ ބައެއް ކަންކަމަށް ހެދިފައިވާ ފިލްމެކެވެ. ފިލްމުގައި ބޭލް ކުޅެނީ 2001ވަނަ އަހަރުން ފެށިގެން 2009ވަނަ އަހަރާއި ހަމައަށް އެމރިކާގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި  ޑިކް ޗެނީގެ ރޯލެވެ. ޗެނޭ އަކީ އެމެރިކާގެ ތާރީޚުގައި ފާހަގަކުރެވޭ އެންމެ ނުފޫޒު ގަދަ ނައިބް ރައީސެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.