ރާއްޖެ އިސްލާމްވީ ދުވަހުގެ ޖަލްސާގައި ރައިސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަންބަލުން ފަޒްނާ އަޙްމަދު  ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވެވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވެސް ބައިވެރިވެ ވަޑައިގެންނެއެވެ. އެމަނިކުފާނުގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ކުރީގެ ރައީސިުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސަރުކާރު އޮފީސްތަކުގެ ބައެއް އިސް ވެރިން ވެސް މި ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިޖަލްސާގައި އިސްލާމިކް އެފެއާޒު މިނިސްޓަރާއި، ހޯމް މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އަދި ދުވަހާ ގުޅޭ ޕްރެޒެންޓޭޝަނަކާއި ވީޑިއޯ ރިޕޯޓެއްވެސް ވަނީ ހުށަހަޅައިފައެވެ. އޭގެ އިތުރަށް ދުވަހާ ގުޅެ މަދަޙައެއް ވެސް ކިޔުން އޮތެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.