ބޮޑުގެއްލުމެއް ލިބިފައިވަނީ ކަރަންޓު ސާމާނަން

މާލެއަށްކުރި ވިއްސާރާއިގައި ބޯކޯށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެންމެބޮޑު ގެއްލުމެއް ލިބިފައިވަނީ ގެތަކުގައި ހިފައިގެންގުޅޭ ތަކެއްޗާއި ކަރަންޓް ސާމާނަށް ކަމަށް ޑިޒާސްޓަރމެނޭޖުމެންޓް ސެންޓަރު ވިދާޅުވެއްޖެއެވެ.

އެސެންޓަރުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ވަރަށްގިނަގެތަކުންވަނީ ކަރަންޓު ސާމާނާއި ހިފައިގެންގުޅޭ ސާމަނަށް ގެއްލުވިކަން ރިޕޯޓުކޮށްފައި ކަމަށެވެ.

މިހާދިސާގައި ޖުމްލަ 196 ގެއަށް އެކިވަރުގެ ގެއްލުންވެފައިވެއެވެ. އޭގެ ތެރެއިން 52 ގެއެއްގެ އެސެސްމެންޓް ހަދައި ރިޕޯޓުވަނީ އެކުލަވާލައިފައެވެ. އެހެންގެތަކުގެ ރިޕޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ. ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ހަދައި ނިމުމުން ބަދަލު ދިނުމުގެ މަސައްކަތް ވެސް ފާށާނެ ކަމަށް ޑިޒާސްޓަރމެނޭޖުމެންޓް ސެންޓަރުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.