ޖޭޕީއަށް އެއޮތީ ލައްގާ މޫސުން ފެށިފައި: ނިހާން

ކުރީގެ ސަރުކާރުގައި އުޅުނު ބަޔެއް ފަރާތްތަކާއި ޕީޕީއެމްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުން ޕީޕީއެމް ދޫކުރައްވައި ޖުމްހޫރީ ޕާޓީއަށް ބަދަލުވާން ފެށުމާއެކު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު އެޕާޓީއަށް ފާޑު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީއަށް "ލައްގާ މޫސުން" ފެށިއްޖެ ކަމަށާއި ފެންނަނީ "ވަރަށް ތިޔާގިކޮށް" ކަމަށެވެ. ނިހާން މިހެން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސައިން އަރީފް މިއަދު ޖޭޕީއަށް ސޮއި ކުރެއްވި ޚަބަރު ޓެގް ކުރެއްވުމަށް ފަހުއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު ޕީޕީއެމްގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބަޔެއް މެމްބަރުން ޖޭޕީއަށް ސޮއި ކުރައްވަމުން ގެންދަވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި އެކިއެކި މަގާމުތައް އަދާކުރި ބަޔެއް ފަރާތްތައްވެސް މިހާރު ދަނީ ޕީޕީއެމް ދޫކޮށް ޖޭޕީއާ ގުޅެމުންނެވެ.

ޕީޕީއެމް ދޫކުރައްވައި މަޖިލީހުގެ ބަޔެއް މެމްބަރުން ސަރުކާރު ކޯލިޝަނުގެ ޕާޓީ ތަކަށް ސޮއި ކުރެއްވި ނަމަވެސް ނިހާން ގެންދަވަނީ ޕީޕީއެމްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.