ފުލުހުންގެ މުހިންމު ދެ ޑިޕާޓުމެންޓެއްގެ ވެރިންނަށް އެ މަޤާމްތަކުން ދުރުކޮށް އައު ބޭފުޅުންނާ އެ މަސްއޫލިއްޔަތު ޙަވާލު ކުރައްވައިފިއެވެ.
ބަދަލު ކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ތަޙުޤީޤު ކުރާބައިގެ އެންމެ އިސް ދެ ބޭފުޅުންނެވެ. ޕޮލިސް އިންޓެލިޖެންސްގެ ވެރިއަކަށް ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު އެ މަޤާމުން ދުރުކޮށް އެ މަސްއޫލިއްޔަތު ޙަވާލު ކުރައްވައިފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއެވެ.
ތަޙުޤީޤު ޑިޕާޓުމެންޓުގެ ވެރިއަކަށް ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު އެ މަޤާމުން ދުރުކުރައްވައި އެކަން މިހާރު ޙަވާލު ކުރައްވައިފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރާއެވެ. މިއީ ފުލުހުންގެ ޑިޕާޓްމެންޓްތަކަށް ދޭތެރެ ދޭތެރެއިން ގެންނަމުން ގެންދަވާ ބަދަލު ތަކުގެ ދަށުން ގެންނެވި ބަދަލެއް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.