އެޓި ޑިފެކްޝަންގެ ޤާނޫނު އުވައިލުމުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދޔ ތަޞްދީޤު ކުރައްވައިފިއެވެ.
މިޤާނޫނު އުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ 2018 ނޮވެންބަރު އެކެއް ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާއިންނެވެ.
ރައީސް ޔާމީން މިއަދު އެ ބިލް ތަޞްދީޤު ކުރެއްވުމުން އެ ޤާނޫނުވަނީ އުވިގެން ގޮސްފައެވެ. ޕީޕީއެމް އިސްވެ އޮވެ ވުޖޫދުކުރި އެ ޤާނޫނު އުވައިލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީގްރޫޕުގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދެވެ.
އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.