ކުރީގެ ރައީސް މުޙަންމަދު ނަޝީދު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާދަމާގެ ވަގުތެއްގައި ރާއްޖޭގެ އެންމެ އުތުރަށް ފުރާވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މާދަމާ ރައީސް ނަޝީދު ތިލަންދުންމައްޗަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު އައްޑޫން މާލެއަށް ވަޑައިގަތުމަށް ފަހު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި މިވަގުތު ހުންނެވި ނަޝީދު މާލެ ވަޑައިގަންނަވާނީ މިއަދު ހަވީރުއެވެ.
ތިލަންދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހއ. ގެ ވެރިރަށް ދިއްދޫއަށެވެ. އެއަށްފަހު ބަޔެއް އެހެން ރަށްރަށަށްވެސް ވަޑައިގަންނަވާނެއެވެ.
އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ނަޝީދު ވަނީ ކުރީގެ ރައީސްގެ އޮފީހެއްވެސް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ. މިއީ އައްޑޫއަށް ވަޑައިގެން ނަޝީދު މަސައްކަތް ކުރެއްވުމަށް ހުޅުވި އޮފީހެކެވެ. ނަޝީދުގެ އޮފީހެއް މާލޭގައިވެސް ހުރެއެވެ.
ރައީސް ނަޝީދު މާލެ ވަޑައިގެންނެވި ފަހުން އިބްރާހީމް މުޙައްމަދު ޞާލިހުގެ ޚަބަރެއްނުވޭ. މުޅި ރާއްޖޭ ޓީވީގައި ވެސް ރައީސް ނަޝީދު. އެހެން ނޫސްތަކުގައި ވެސް ރައީސް ނަޝީދު. މިވާން އުޅޭގޮތެއް ނޫސްވެރިން ހޯދައިފައި ރައްޔިތުންނާ ހަމައަށް ގެނެސް ދޭން ވެއްޖެ.