ކުރީގެ ރައީސް މުޙައްމަދް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. މި ގރާރު ހުށަހަޅާފައިވަނީ ރައީސް ނަޝީދު ނިސްބަތްވާ ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން އީވާ ވިދާޅުވީ ގަރާރު ހުށަހަޅާފައިވަނީ ރައީސް ނަޝީދަށް ހިންގި ބޭއިންސާފު ޝަރިޢަތާ މެދު ހުރިހާ ޕާޓިއެއް ގުޅިގެން ރައްޔިތުންގެ އަޑު އިއްވަން ކަމަށެވެ. ގަރާރު ހުށަހަޅާފައިވަނީ އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އާއި އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝާން އިން ރައީސް ނަޝީދު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލާފައިވާ ގޮވާލުން ތަންފީޒުކޮށް ދެއްވުމަށް އެދި ދިވެހިރާއްޖޭ އަދުލު އިންސާފުގެ ނިޒާމަށް މަޖިލީހުގެ ފަރާތުން ކުރާ އިލްތިމާސް އެއްގެ ގޮތުގައެވެ.
އީވާ ވިދާޅުވި ގޮތުގަިއ މަޖިލިސް ދެން ފެނިގެންދާނީ ބޭއިންސާފުން ހިނގާފައިވާ ހުރިހާ ކަމެއްގައިި ރައްޔިތުންގެ އަޑު އުފުލާ މަޖިލީހަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި މިއަދު ހުށަހެލީ ގަރާރު ވަރަށް އަވަހަށް ފަސްވެގެންދަނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ. މި ގަރާރުގައި ވެސް އެމްޑީޕީގެ އިތުރުން ޖޭޕީ އާއި ޕީޕީއެމް އަދި އަމިއްލަ މެންބަރުންވެސް ސޮއި ކުރައްވާފައިވެއެވެ.
Submitted resolution to Parliament, calling for the implementation of the UNWGAD and UN Human Rights Committee decisions calling for the release of President @MohamedNasheed. Submitted with cross- party support, with 49 signatures. pic.twitter.com/mTIErm8mGb
— Eva Abdulla ?❓ (@evattey) October 24, 2018