ރިޔާސީ އިންތިޚާބުގެ މައްސަލައަކީ ވަގުތު ނަގާލުމެއް: އަލީ ޒާހިރު

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ސްޕްރޯމްކޯޓަށް ހުށަހަޅައި ހޭދަވި ވަގުތުތަކަކީ އެ ކޯޓާއި އެތައް މުއައްސަސާއެއްގެ އަގުހުރި ވަގުތު ނަގާލުން ކަމަށް އަދާލަތުޕާޓީގެ ނާއިބު ރައިސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ބާތިލްކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުން ވެސް އެއީ އެއްވެސް އަސާސެއްނެތް މައްސަލައެއްކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްކަން ވެސް އެދުވަހު އެނގިގެން ދިޔަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިބާވަތުގެ ތާކުންތާކު ނުޖެހޭ މައްސަލަތައް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ސްޕްރޯމް ކޯޓަށް ވައްދައިގެން އަދި ދައުލަތުގެ އެތައް މުއައްސަސާއެއްގެ ވަގުތު ބޭކާރުވާ ގޮތަށް ބަޔަކު މީހުން މަސައްކަތް ކުރުމަކީ ހިތާމަކުރާ ކަމެއް. އުންމީދު ކުރަނީ ކުރިއަށްއޮތްތަކާއި މިފަދަ ކަންކަން ތަކުރާރު ނުވާނެ ކަމަށް،" އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިޚާބު ބާތިލް ކުރަންޖެހޭ ސަބަބެއްނެތް ކަމަށް ސްޕްރީމްކޯޓުން ހުކުމް ކުރެއްވުމުން މަދުބައެއްގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ލިބިގެން ހިނގައްޖެ ކަމަށް ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަން ރައްޔިތުންނަށް ފޯރުކޮދޭނެ ކަމަށް ވައުދުވެ ވަޑައިގެން ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އިބޫގެ ކާމިޔާބުގެ އަސަރު މިހާރުވެސް ފެންނަން ފަށައިފި ކަމުގެ އިހުސާސް މިއަދު ވެސް ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.