ހިންގުމުގެ ޙައްޤު ނެތް މައްސަލަ އެއް އެހެން ގޮތަކަށް ނިންމުމުގެ ޙައްޤު ސުޕްރީމް ކޯޓަކަށް ނެތް: ރައިސް ނަޝީދް

ރިޔާސީ އިންޠިޚާބާ ގުޅިގެން ރައއިށް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލަ ބަލައިގެންފައިވަނީ އުސޫލްތަކާ ޚިލާފަށް ކަމަށާއި "ހިންގުމުގެ ޙައްޤު ނެތް މި މައްސަލަ އެހެން ގޮތަކަށް ނިންމުމުގެ ޙައްޤު ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދް  ނަޝީދް ވިދާޅުވެއްޖެއެވެ. ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި ރިޔާސީ އިންޠިޚާބުގައި ދިވެހިންވަނީ އޮނަރަބްލް އިބްރާހީމް މުޙައްމަދް ޞާލިޙް ދިވެހިންގެ ރައީސަކަށް ހޮވާފައެވެ. އެ ނިންމުމަށް ބަދަލު ގެނައުމަށްޓަކައި ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވަނީ އެ ކޯޓުގެ އުސޫލްތަކާ ޚިލާފަށެވެ. 

މި މައްސަލައިގެ އަޑު އެހުން 1 ޖަހާއިރަށް ޝެޑއިއުލްކޮށްފައިވީ ނަމަވެސް އަދި އަޑުއެހުން ފެށުނު ކަމެއް ނޭނގެއެވެ. ނަމަވެސް މައްސލައިގެ އަޑުއެހުމަށް ޚޯޓު ދޮށުގައި ކިއު ޖެއްސި މީހުންގެ ތެރެއިން ކަނޑައެޅިފައިވާ ވަރަށް އެތެރެއަށް މީހުން ވެއްދުމަށް ފަހު މިހާރު އެހެންމީހުން ވަނީ ދުރަށް ޖައްސާފައެވެ. މިއަދުގެ އަޑު އެހުމަކީ ކޯޓުން ނިންމާ ނިންމުމްތަކުގެ ތެރެއިން މުހިއްމު ނިންމުމަކަށް ވާނެއެވެ. ވޯޓު ލީ އާބާދީގެ އެންމެންވެސް ތިބީ ކޯޓުން ނިންމާ ގޮތެއްގެ އިންތިޒާރުގައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.