ހުޅުމާލޭ ފޭސް ދެއަކުން ދޫރުކުމަށް އިއުލާންކުރެއްވި 400 ގޯތި ދޫނުކޮށް މަޑުޖައްސާލަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އަންގަވައިފިއެވެ.
އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ސޮއިކުރައްވައި ހައުސިން މިނިސްޓަރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެތަނަށް ގިނަ ޝަކުވާތަކެއް ހުށަހަޅަމުންދާ ކަމަށެވެ. އެހެން އެކަންކަން ބަލައި ކޮރަޕްޝަނުގެ އެއްވެސް ކަމެއް ހިމެނޭތޯ ބަލަމުންދާ ކަމަށެވެ. އެހެންކަމުން އެކަން ބަލައި ނިމެންދެން އެކަން ހުއްޓާލުމަށް އަންގާފައިވެއެވެ.
އެހެންނަމަވެސް އެއަށް އަމަލު ނުކޮށް ހައުސިން މިނިސްޓްރީން އެކަން ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހައުސިން އިން ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް ދެއަކުން އެއްހާސް ފޫޓުގެ 400 ގޯތި ވިއްކުމަށް ނިންމައިފައެވެ.