ހަވީރު ނޫހުގައި މަސައްކުރި މީހުން އާނޫހެއް ނެރެނީ!

އަލަށް ނެރޭ ނޫހާބެހޭގޮތުން ސޯޝަލްމީޑިއާގައި ދައުރުވާ އިސްތިހާރެއް.
އަލަށް ނެރޭ ނޫހާބެހޭގޮތުން ސޯޝަލްމީޑިއާގައި ދައުރުވާ އިސްތިހާރެއް.
އަލަށް ނެރޭ ނޫހާބެހޭގޮތުން ސޯޝަލްމީޑިއާގައި ދައުރުވާ އިސްތިހާރެއް.

ދުވަހުނޫސް ހަވީރުގައި މަސައްކަތްކުރި، މީހުން އާދުވަހުނޫހެއް އުފައްދައި ނެރެން ނިންމައިފިއެވެ. މަޢުލުމާތުލިބިފައިވާގޮތުގައި އެނޫސް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަދުވަހުއެވެ. މިއީ ހަވީރުނޫހުގެ ޗެއާމަން، ޑރ.ޒާހިރު ހުސައިން ނެރުއްވާ ނޫހެއްކަމަށް މަޢުލުމާތުލިބެއެވެ. އެހެންނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން މިކަން އަދި ޔަޤީންކޮށްނުދެއެވެ.

ހަވީރުނޫހުގައި އެންމެފަހުން މަސައްކަތްކުރި ބައެއް މުވައްޒަފުންވަނީ އަލަށް ނެރޭ ނޫހާބެހޭގޮތުން ސޯޝަލްމިޑިއާގައި ނުސީދާކޮށް ވާހަކަދައްކާފައެވެ.

މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ގ. ކޮއްކިރި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގެއާގެ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި އެ ދުވަހުގެ ފަހުން ހަވީރު ނެރުން ވަނީ ހުއްޓާލައިފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ހަވީރު އޮންލައިން ވެސް ނެރުން ވަނީ ހުއްޓާލައިފަ އެވެ.

ހަވީރު އެންމެފަހުގެ ޗެއާމަން ޑރ.ޒާހިރު ހުސައިނާއި، ދެންތިބި ޙިއްސާދާރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމާގުޅިގެން މިއަދާހަމައަށްވެސް އަލުން ހަވީރުނޫސް ނެރެވޭގޮތްވަނީ ނުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.