ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު އުދައަރާނެ: މޫސުމާބެހޭ އޮފީސް

ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުން ވިދާޅުވެއްޖެއެވެ.

އެތަނުން ވިދާޅުވެފައިވަނީ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރޭގައިވެސް ބައެއް ރަށްރަށަށް ވަނީ އުދައިގެ އަސަރު ކޮށްފައެވެ.

ރާޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށްވަނީ ޔެލޯ އެލާޓް ނެރެފައެވެ. ހުޅަނގުދެކުނާއި ހުޅަނގުން، ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އުތުރުގެ ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ އޮފީހުންވަނީ ލަފާ ކުރައްވައިފައެވެ. ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ދެކުނާއި މެދުތެރޭގެ ކަނޑުތަށް ގަދަވާނެ ކަމަށާއި، އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވިއެވެ.

މޫސުން ގޯސްވާނެތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލަުވުމަށް ވެސް މޫސުމާބެހޭ އޮފީހުންވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.