ކޮންމެ ސަބަބަކާ ހެދިވެސް ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގެ ނިމުމެއްނޫން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޕީއެސްއެމްގެ "އެންމެފުރަތަމަ ގައުމު" ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައި ނުގެންނެވުމަކީ ރާއްޖޭގެ ނިމުންވެސް ނޫން ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައިވަނީ ރާއްޖެއަށް ތަރައްގީ ގެނެސް ދެއްވައިފައި ކަމަށާއި ބަޖެޓުގައި ހިމަނައިގެން ރަށްރަށުގެ ތަރައްގީއަށް 120 ބިލިއަން ރުފިޔާ އެވަނީ "ބައްސަވައިފައި" ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާއިރު ހުޅުލެއާއި މާލެއާ ދެމެދު ބްރިޖެއްނެތް ކަމަށް ނުވާނެ ކަމަށާއި ދައުލަތުގެ ރިޒާވްގައި ގިނައަދަދެއްގެ ފައިސާ ނެތް ކަމަށް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި އެތާނގާއި ހައުސިމްޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރިއަށްނުދާ ކަމަށް ނުވާނެ ކަމަށާއި 25 ބުރީގެ ހޮސްޕިޓަލެއްނެތް ކަމަށް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިތަރައްގީއާއެކު 23 ސެޕްޓެމްބަރުގައި ރައްޔިތުން ދިން ޖަވާބުން ލިބިވަޑައިގެންނެވި ޝޮކާއެކު ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ދެމިހުންނަވާނެ ކަމަށް ވިދާޅުވުމުގެ ހިތްވަރު ލިބިވަޑައިގަންނަވާނީ މަދު ލީޑަރުންނަށް ކަމަށްވެސް ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ޕީޕީއެމްގެ ސަފުތައް ދެންފެންނާނީ އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ވަރުގަދަކޮށް ކަމަށެވެ. އެއީ ނުވާނެ ކަމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Nihad, kaakah tho thiya gon jahanee? Jaluga umurudhuvahu innavaigen siyaasee Hayaath nihaan aa eku heydhakuran Yameen huree ready ga.