ފާއިތުވެގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ގއ. ކޮލަމާފުށިން ބަންދުކުރި 18 މީހުން މިއަދު މިނިވަން ކުރައްވައިފިއެވެ.
އެމީހުން ބަންދުކުރީ އޮގަސްޓްމަހު 30 ވަނަ ދުވަހުއެވެ. އެމީހުން ބަންދުކުރީ ޕީޕީއެމްއާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޖެހުނު މައްސަލައެއްގެ ތެރެއިން ޕީޕީއެންގެ ޖަގަހައަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައެވެ. އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތުވެސްވަނީ އިތުރުކުރައްވައިފިއެވެ.
އެމީހުން ދޫކޮށްފައިވަނީ އެމީހުންށް ދޫކޮށްލުމަށް އެދި އެމީހުންގެ ވަކީލިން ފުލުހުންނަށް ސިޓީފޮނުވުމުންނެވެ. އެމީހުން ދޫކޮށްލީ ދެވަނަފަހަރަށް 15 ދުވަހަށް ބްދުގައި ބޭތިއްމުމަށް ކޯޓުން މުއްދަތުޖަހައިފައިވަނިކޮށް އެމުއްދަތު ހަމަވެސް ނުވަނީސްއެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންދުވަސްވަރު މިފަދަ އެތައްކަމެއް ވަނީ ހިނގައިފައެވެ.