އިތުބާރު ހޯދައިފައިވާ ޑޮކްޓަރަކު ބަދަލު ކުރާތީ ނޮޅިވަރަންފަރު ރައްޔިތުން އިހުތިޖާޖު ކޮށްފި

ހދ. ނޮޅިވަރަންފަރު ސިއްހީމަރުކަޒުގައި މަސައްކަތް ކުރާ އިންޑިއާ ޑޮކްޓަރަކު ވަގުތީ ގޮތުން އެހެން ރަށަކަށް ބަދަލުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން އެރަށުގެ ބަޔަކު ސިއްހީމަރުކަޒު ދޮށަށް އައިސް އިހުތިޖާޖު ކޮށްފިއެވެ.

އެރަށު ކައުންސިލުން ވިދާޅުވީ އެރަށުގައި 4 އަހަރު އުޅެ ރައްޔިތުންގެ ރުހުން ހޯދައިފައިވާ ޑޮކްޓަރެއް ކަމަށެވެ. ޑޮކްޓަރު އެހެން ރަށަކަށް ބަދަލު ކުރަން އުޅުނީ ދެ ހަފްތާއަށެވެ. މިގޮތަށް ޑޮކްޓަރުން ދުވަސްކޮޅަކަށް އެހެން ރަށްރަށަށް ފޮނުވުމަކީ ހެލްތު މިނިސްޓްރީން އާންމުކޮށް ކުރައްވާ ކަމަށެވެ.

ޑރ. އުދެޔާންތު ބެހެރާއަކީ އާންމު ބަލިތަކާ ބެހޭ ޑޮކްޓަރެކެވެ. އޭނާއަކީ އެރަށް ދިޔަ ޑޮކްޓަރުންގެ ތެރެއިން މީހުންނަށް ފަރުވާ ކުރުމުގައި މީހުންގެ ރުހުންހޯދި މަދު ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ރައްޔިތުންގެ މި އިހުތިޖާޖު ސަރުކާރުން ވަނީ ބަލައިގެންފައި ކަމަށް މިހާރު ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާ ވަގުތީ ގޮތުން ނަމަވެސް ރައްޔިތުންނާ ދެކޮޅަށް ނުފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ޑޮކްޓަރ ބަދަލު ކުރަންއުޅެނީ ކަތީބް އާއިލާއަށް ފައިގަދަ ނުކުރެވިގެން އެހެންކަމެއް ވެގެނެނޫން . އޭރުންތާ އެމީހުންގެ ދަރިން ކިޔަވާ ނިމެންވާއިރަށް ވަޒީފާ ރެޑީކުރެވޭނީ . މީއެމީހުންގެ ރޭވުން ހޮސްޕިޓަލުގެ ބޮޑެތި މީހުންގެ ރޭވުން މީ އާއިލާ އަށް ވަޒީފާ ހޯދާދިނުން ބޭނުމަކީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.