އަފްްޣާނިސްތާނުގައި ހަނގުރާމަކުރި އެމެރިކާ ސިފައިންގެ އެެއްވެސް މީހެއްގެ ޝަރީޢަތް ހިންގައިފިނަމަ އިންޓަނޭޝަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ފަނޑިޔާރުން ހައްޔަރުކޮށް އެމީހުންނާ މެދު ފިޔަވަޅުއަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (ގައުމީ ސަލާމަތާ ބެހޭ މުޝީރު) ޖޯން ބޯލްޓަން ވިދާޅުވީ އައިސީސީއަކީ "އެތަނުންކުރާ ކަންތައް ބެލޭނެ ގޮތް ނެތް" އަދި އެމެރިކާއަށް އެތަނުގެ "ނުރައްކާތެރިކަން ވަރަށް ބޮޑު" ތަނެއް ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެމެރިިކާގެ އަސްކަރީ ޚިދުމަތުގައި މަސައްކަތްކުރާ އެެއްވެސް މީހެއްގެ މައްސަލަ ބެލުންވާނީ "އެއްވެސް އަސްލެއް ނެތް" އަދި "އެކަން ރަނގަޅުކަމުގައި ބުނެވޭނޭ އެއްވެސް ގޮތެއް ނެެތް" އަމަލަކަށް ކަމަށެވެ.
" އަހަރުމުންގެ، ނުވަތަ އިސްރާއީލު، ނުވަތަ އެމެރިކާގެ ރަހުމަތްތެރި އެއްވެސް ގައުމެއްގެ ފަހަތުން އެ ކޯޓު އަތުވެއްޖެނަމަ އަހަރުމެން މަޑުން ނުތިބޭނަން." އޭނާ ވިދާޅުވިއެވެ.
އައިސީސީ ފަނޑިޔާރުން އެެމެރިކާގެ އެއްވެސް މީހަކާ ދެކޮޅަށް ޖިނާއީ މައްސަލައެެއް ކުރިއަށް ގެންގޮސްފިނަަމަ، އެ ފަނޑިިޔާރުންނާ ދެކޮޅަށް މާލީގޮތުން ދަތިކުރުމުގެ ފިޔަވަަޅުއަޅައި، ޖިނާއީ ދައުވާކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަަަމަށްވެސް ބޯލްޓަން ވިދާޅުވިއެވެ.
"އަހަރުމެން އެ ކޯޓުގެ ފަނޑިޔާރުންނާ، ޕޮރެސިިކުޓަރުން އެމެރިކާއަށް ވަނުން މަނާކޮށް، އެމެރިކާގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އެމީހުންގެ މުދާތައް ހިފަހައްޓައި، އެމެރިކާގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެމީހުންގެ މައްޗަށް ދައުވާކުރާނަން." ޖޯން ބޯލްޓަން ވިދާޅުވިއެވެ.
"އަދި އެމެރިކާ މީހުންނާ މެދު ތަހުގީގު ހިންގުމަށް އެކޯޓަށް އެހީވާ ކޮންމެ ކުންފުންޏަކާ އަދި ގައުމަކާ ދެކޮޅަށްވެސް އަހަރުމެން ހަމަ އެ ފިޔަވަޅުއަޅާނަން." އޭނާ ވިދާޅުވިއެވެ.
ގައުމީ ސަލާމަތާ ބެހޭ މުޝީރު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، ގާނޫނީ މާހިރުންގެ ޖަމްއިއްޔާއެއް ކަމުގައިވާ ފެޑެރަލިސްޓް ސޮސައިޓީގެ މެންބަރުންނާ ވޮޝިންޓަނުގައި ބައްދަލުކުރައްވަމުންނެވެ.
އޭނާގެ ވާހަކަފުޅުގައި އިޝާރާތްކުރައްވާފައި އެ ވަނީ އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންނާއި ޖާސޫސީ އިދާރާގެ މީހުން ހިންގާފައިވާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް، ޚާއްސަކޮށް އަސީރުންނާމެދު ހިންގާފައިވާ އަމަލުތައް ތަހުގީގުކުުރުމަށް ފާއިތުވި އަަހަރުގެ ނޮވެމްބަރ މަހު އައިސީސީގެ ޕްރޮސެކިއުޓަަރަކު އެދިވަޑައިގެންފައިވާ މައްސަލައަށެވެ.
"ބޭރުގައުމުތަކުގެ އިދާރާތަކުގެ މުވައްޒަފުން އެމެރިކާގެ ރައްޔިތުންގެ މައްޗަށް ދައުވާކުރުމުގެ ފުުރުސަތު، އަދި އެއްވެސް ގައުމަކުން އަހަރުމެންެގެ އަމިއްލަ ދިފާއުގައި އަހަރުމެން ކަންތައް ބުނެދިނުމުގެ ފުރުސަތު މިރައީސު ނުދެއްވާނެ." ބޯލްޓަންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.