ސަތިރީސް ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމައިފި

އަންނަ ސެޕްޓޭމްބަރު 23 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި 36 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވައިފިއެވެ.

އެ ކޮމިޝަނުން ކުރިން ހަމަޖައްސަވައިފައިވަނީ އެންމެ 7 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށެވެ. އެހެންނަމަވެސް އީސީން މިހާރުވަނީ އިތުރު 29 ރިސޯޓެއްގައި ފޮށިބަހައްޓާ ގޮތަށް ނިންމަވައިފައެވެ.

އެއިން ކޮންމެ ރިސޯޓަކީ ވޯޓުލެވޭ 100 މީހުން ހަމަވާ ރިސޯޓުތަކެވެ. އީސީން ވަނީ ވޯޓުފޮށިތައް ބަހައްޓާ ރިސޯޓުތައް ހާމަ ކުރައްވައިފައެވެ. ވޯޓުލުމަށް 100 އަށްވުރެ މަދުން މީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށް ވާނަމަ އެރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް އީސީން ވަނީ ނިންމަވައިފައެވެ.

އީސީގެ އިއުލާނުގައި ވިދާޅުވެފައިވަނީ 100 މީހުން ހަމަނުވެގެން ވޯޓުފޮށި ނުހައްޓާ ރިސޯޓުތަކުގެ މުވައްޒަފުން ވޯޓުލާން ދާންޖެހެނީ ރަޖިސްޓްރީ ކޮށްފައިވާ ރަށަށް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.