މިސް ވޯލްޑް, މަނޫޝީ ޗިލަރގެ ޓީމުން ސައުތު އެފްރިކާގައި ސެނިޓަރީ ޕެޑް އުފައްދާ ޔުނިޓެއް ގާއިމުކޮށްފި

މިސް ވޯލްޑް ޓީމުގެ ފަރާތުން ސައުތު އެފްރިކާގައި ސެނިޓަރީ ޕެޑް އުފައްދާ ޔުނިޓެއް ގާއިމުކޮށްފިއެވެ. މިއީ މި ޓީމުގެ ފަރާތުން ސައުތު އެފްރިކާގައި ގާއިމު ކުރި ފުރތަމަ މެޝިނެވެ. މި މެޝިނަކީ ދުނިޔޭގެ ފުރަތަމަ ކޮމްޕޯސްޓަބްލް މެޝިނުވެސްމެއެވެ. 

ދުނިޔޭގެ ރީތީގެ ރާނީ މަނޫޝީ ޗިލަރ ގެ ޓީމުން ސައުތު އެފްރިކާގައި ގާއިމުކުރި ސެނިޓަރީ ޕެޑް ޔުނިޓް ލޯންޗް ކުރީ މަނޫޝީ އާއި ސައުތު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ އެވެ. މަނޫޝީގެ އިންސްޓެގްރާމްގައި ބުނެފައިވާ ގޮތުގައި ރައީސް ރަމަފޯސާ އަށް މެޝިން ދައްކައި އަދި މަނޫޝީގެ ޕްރޮޖެކްޓް އޮޅުންފިލުވައިދޭން ފުރުޞަތު ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެކެވެ.

View this post on Instagram

A new milestone achieved! Nelson Mandela said that poor Menstrual hygiene was one of the three reasons why girls were facing inequality as compared to boys. It was an honour to inaugurate the first sanitary pad manufacturing unit set up by us in South Africa along with his excellency, President Cyril Ramaphosa. It was a pleasure to escort you to the unit and explain the project and how the unit works. Work has already started and the first batch of 100% compostable, low cost sanitary pads have been produced! Two shifts of six to eight women and one supervisor each have been trained to operate the unit providing employment to the women of Mvezo. Around 2000 pads will be produced everyday and no girl shall feel uncomfortable while attending school. We already have more than 40 of these units running across 12 states of India. We are soon to open a unit in Johannesburg and also move to Kenya and Rwanda. Witnessing my project cross continents in such a short period of time is like a dream come true! Milestones still to be achieved...

A post shared by Manushi Chhillar (@manushi_chhillar) on

މި ޔުނިޓް ހުޅުވާފައި މިވަނީ މަންޑޭލާ އަށް 100ވަނަ އުފަންދުވާ ގުޅިގެން އިއްޔެއެވެ. މަނޫޝިގެ ޕޯސްޓް ފަށާފައިވަނީ ނެލްސަން މަންޑޭލާ ވިދާޅުވެފައިވާ ވާހަކަފުޅަކުންނެވެ. އެއި ފިރިހެން ކުދީންނާ އަޅާބަލާއިރު އަންހެން ކުދީންނަށް ހަމަހަމަ ފުރުސަތު ނުލިބޭ މައިގަނޑު ތިން ސަބަބުގެ ތެރެއިން އެއްކަމަކީ މަސްވަރު ކަންތަކާ ގުޅިގެން ދިމާވާ ސާފުތާހިރު ކަމުގެ މައްސަލައެވެ.

ސައިތު އެފްރިކާގަިއ ގާއިމު ކުރެވުނު ޔުނިޓުން ދުވާލަކު 2000 ޕެޑް ތައްޔާރުކުރެވޭނެ ކަމަށް މަނޫޝީ ބުނެފައިވެއެވެ. އަދި އެޓީމުން އެހީތެރިވެގެން އުފައްދާ ޕެޑް އަގުހެޔޮކޮށް ވީހާވެސް ގިނަ ކުދީންނަށް ލިބޭނޭ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މަސްވަރު ކަންތައް ޖެހުމުން ގިނަ އަންހެން ކުދީން ސްކޫލަށް ނުގޮސް ހުއްޓާލައެވެ. އެއީ އެކުދީންނަށް އެދުވަސްވަރު ބޭނުންވާ ޕެޑް ގަންނާނެ ތަނަވަސް ކަން ނެތީމައެވެ. މިއީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް ސުކޫލަށް ނުގޮސް އަންހެން ކުދީން ހުއްޓާލާ ސަބަބެއް ކަމަށް ހޯދުންތަކުން ދައްކައެވެ.

ސައުތު އެފްރިކާގައި ގާއިމު ކުރެވުނު ޔުނިޓްގެ އިތުރުން މަނޫޝީގެ ޓީމުންވަނީ އިންޑިއާގެ 12 ސްޓޭޓެއްގައި 40 އަށްވުރެ ގިނަ ޔުނިޓް ގާއިމުކޮށްފައެވެ. އަދި އެ ޔުނިޓްތަކުގައި މަސައްކަތް ކުރާނެ މީހުންވެސް ވަނީ ތަމްރީނު ކޮށްފައެވެ. މީގެ އިތުރުން ޖޮހެނަސްބާގް އާއި ކެންޔާ އަދި ރުވާޏްޑާގައި ވެސް ވަރަށް އަވަހަށް މިފަދަ ޔުނިޓްތައް ގާއިމުކުރެވޭނެއެވެ.

މަނޫޝީގެ ޕްރޮޖެކްޓް 'ބިއުޓީ ވިތް އަ ޕަރޕަސް' ގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މަނޫޝީގެ ޕްރޮޖެކްޓެ ގެ މަައިގަނޑު އަމާޒަކީ މަސްވަރު ކަންތަކާ މެދު އަންހެން ކުދީންނާއި އަންހެނުން ހޭލުންތެރި ކުރުވުމެވެ. އަންހެން ކުދީން ޕީރިއަޑް ވުމުން އެމީހުންނާ މެދު މުޖަތަމައުން ގެންގުޅޭ އިދިކީލި ވިސްނުން ބަދަލުކޮށް އެއީ ތަބީއީ ގޮތުން އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލެއް ކަމާއި އެކަމާ ގުޅުވައިގެން ގެންގުޅޭ ތަފާތުކުރުން ތައް ނައްތާލުމެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުގައި އަދި ވަކީން ޚާއްޞަކޮށް ރަށްފުށުގެ ސަރަހައްދުތަކުގައި އަންހެން ކުދީން ޕީރިއަޑް ވުމުން ވަރަށް އިހާނެތި ކޮށް އާއިލާ އާއި އެހެނިހެން މީސްމީހުން، އަދި ސްކޫލް ފަދަ މުއައްސަސާ ތަކުންވެސް އަމަލުކުރެއެވެ. އަދި ޕީރިއަޑްގެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމަކަށް އޮންނަނީ ހަދާފައެވެ. މިއީ އޭޝިއާގެ ގައުމުތަކުގައިވެސް މިކަން އޮންނަ ގޮތެވެ. މިސަގާފަތް މިހާރު އަންނަނީ ބަދަލުވަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.