މޫސުން ގޯސްވެ ބަޔެއް ރަށްރަށަށް އުދައަރަން ފަށައިފި

ރާއްޖޭގެ މޫސުން ރެއިން ފެށިގެން ގޯސްވެ ރާއްޖޭގެ ބަޔެއް ސަރަހައްދުތަކުގެ ރަށްރަށަށް އުދަ އަރަން ފަށައިފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާއިރު ރާޅުބާނީތަކާއެކު މެދުރާއްޖެތެރެ އާއި ދެކުނުގެ ބަޔެއް ރަށްރަށަށް އުދަ އަރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އުދައިގެ އަސަރު ދެކުނާއި މެދުރާއްޖެތެރެއަށް  ބޮޑަށް ފޯރި ނަމަވެސް އަދި މިހާތަނަށް އެއްވެސް ރަށަކަށް މާބޮޑު ގެއްލުމެއްވީ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

ރެއިން ފެށިގެން މާލެ ހިމެނޭ ސަރަހައްދުގެ މޫސުންވެސް ވަނީ ގޯސްވެފައެވެ. ނަމަވެސް މާލެ ހިމެނޭ ސަރަހައްދުގެ އެއްވެސް ރަށަކަށް އުދަ އަރާފައި ނުވެއެވެ. މީގެކުރިންވެސް އުދަ އެރުމުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.