އަރަބި ގައުމުތަައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން 20 ބިލިއަން ޔޫއެސް ޑޮލަރުގެ ލޯނުއެހީ ދޭން ނިންމައިފި ކަމުގައި ޗައިނާގެ ރައީސު ޝީ ޗިންޕިންގ ވިދާޅުވެއްޖެއެވެ. ރައީސު ޝީ މިިހެން ވިދާޅުވެފައި ވަނީ ބެއިޖިންގގައި މީހުން ކުރިއަށްދާ ބެއިޖިންގ އަރަބި ފޯރަމްގައި ވާހަަކަފުުޅު ދައްކަވަމުންނެވެެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސީރިޔާ، ޖޯޑަން، ޔަމަން އަދި ލެބަނާނަށް އިންސާނީ އެހީގެ ގޮތުގައި 91 މިލިއަން ޑޮލަރު ޗައިނާއިން ދޭނެއެވެ.
ބޮޑެތި މަޝްރޫއުތަކުގައި އިންވެސްޓުކޮށް ލޯނުދީގެން ޗައިނާއިން މަސައްކަތްކުރަމުން ދަނީ މިހާރު މެދުއިރުމަތީގައި އޮތް އެމެރިކާގެ ނުފޫޒރު ކުޑަކޮށް އަރަބި ގައުމުތަކުގެ މައްޗަށް ޗައިނާގެ ނުފޫޒު އިތުރުކުރުމަށެވެ.
"ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިސްތިރާތީޖީ ބައިވެރިވުން އިތުރުކޮށް، މުސްތަގުބަަލަށް ވިސްނައިގެން ދެފަރާތަށް ފައިިދާ ހުރިގޮތަށް ގުޅުން ތަރައްގީކުރުމަށް" 'ޗައިނާ އެންޑް އަަރަބް ލީގް' ފޯރަމުގައި އެެއްބަސްވެފައި ވެއެވެ.
"ސުލްހައާއި ހަމަޖެހުން މެދުއިރުމަތީގައި ދަމަަހައްޓާ، ހަމަހަމަކަމާއި އިންސާފު އެ ސަރަހައްދުގައި ހިމާޔަތްކުރާ، ގުޅިގެން ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގައުމަކަށް ވާން ޗައިނާ ބޭނުންވެއެވެ. ރަނގަޅު ރަހުމަތްތެރިން އެކަކު އަނެކެއްގެ ފަރާތުން ދަސްކުރާ މީހުންނެވެ." ފޯރަމުގައި ވާހަކަފުޅު ދައްކަަވަމުން ރައީސު ޝީ ވިދާޅުވިއެވެ.
އަރަބި ލީގު މެންބަރު 22 ގައުމުގެ ތެރޭން ކޮންމެ ގައުމަކާ ވަކިން މިނިވަން ވިޔަފާރީގެ އެެއްބަސްވުމެެއް ގާއިމުކުރަންވެސް ޗައިނާ ބޭނުންވެއެވެ.
ލޯނުގެ ގޮތުގައި ދޭން ނިންމި 20 ބިލިއަން ޔޫއެސް ޑޮލަރާ، އިންސާނީ އެހީގެ ގޮތުގައި ބައެެއް އަރަބި ގައުމުތަކަށް ދޭން ނިންމި 91 މިލިއަން ޑޮލަރުގެ އިތުރަށް، އެ ސަރަަހައްދުގައި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމަށް 150 މިލިއަން ޔޫއެސް ޑޮލަރު ޗައިނާއިން ޚަރަދުކުރާނެ ކަމަށްވެސް ރައީސު ޝީ ވިދާޅުވިއެވެ. އަދި މީގެ އިތުރަށް އިއާދަކުރަނިވި ހަކަތައާއި ހައިޑްރޯކާބަން ހަކަތައިގެ ދާއިރާ ތަރައްގީ ކުރުމަށް 3 ބިލިއަން ޔޫއެސް ޑޮލަރުގެ އެހީ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ޗައިނާ ވަނީ އެމެރިކާ ފަހަތަށް ޖައްސާލައި 2010 ވަނަ އަހަރު ޗައިނާ ވަނީ އަރަބި ލީގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއަށް ވެފައެވެ.
އިރުމަތީ އެފްރިކާގައި އޮންނަ އަރަބި ލީގެ ގައުމެއް ކަމުގައިވާ ޖިބޫޓީގައި ޗައިނާއިން މިހާރުވެސް ދަނީ ބޮޑު އަސްކަރީ މަރުކަޒެއް ހަދަމުންނެވެ. އެގައުމަށް ޗައިނާއިން ދީފައިވާ ލޯނުގެ އަދަދު 1.3 ބިލިއަން ޔޫއެސް ޑޮަލަރަށް އަރާކަމަށް ވެއެވެ.