ރައީސް ނަޝީދާއި ގާސިމް ފުލުހަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި

ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކޮށްފައިވާ ހުކުމަށް ފިއްލަވައިގެން އުޅުއްވާ ކަމަށް ވިދާޅުވެ ފުލުސް އޮފީހަށް ހާޒިރު ވުމަށް އެދެބޭފުޅުންނަށް ޗިޓް ފޮނުއްވައިފިއެވެ.

ފުލުހުން އެދެބޭފުޅުންނަށް ޗިޓް ފޮނުވައިފައިވަނީ ޓްވިޓަރ މެދުވެރިކޮށް މިއަދުއެވެ. ރައީސް ނަޝީދު ފުލުހަށ ހާޒީރުންވާން އަންގާފައިވަނީ އަންނަ ހަފްތާގެ ހޯމަދުވަހު ހެނދުނު 10:00 އަށެވެ. ގާސިމް އިބްރާހީމް ފުލުހަށް ހާޒިރުވާން އަންގަވާފައިވަނީ އެދުވަހު މެންދުރު ފަހު 20:00 އަށެވެ.

ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އެގައުމުގެ ހިމާޔަތް ހޯއްދަވައިގެން މިހާރު އުޅުއްވަނީ އެގައުމުގައެވެ. ގާސިމަކީ 3 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައި އެގައުމުން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އަދިވެސް އުޅުއްވަނީ އެގައުމުގައެވެ.

މި ދެބޭފުޅުން ފުލުހަށް ހާޒިރު ކުރައްވަނީ ބޭސް ފަރުވާއަށް ވަޑައިގެންނެވުމަށް ދެއްވި މުއްދަތު ހަމަވުމުން ވެސް އެނބުރި ރާއްޖެ ވަޑައިނުގަންނަވާތީ އެމައްސަލަ ބެއްލެވުމަށެވެ.

ނަޝީދު ޖަލަށް ލުމަށް ހުކުމްކުރެއްވީ ގާޒީއަކު ބަންދު ކޮށްގެންނެވެ. ގާސިމަށް ހުކުމް ކުރެއްވީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.