މި ފެށޭ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، 10:00 އިން 14:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަ ޖައްސަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، މޭ 16 ވާ ބުދަ ދުވަސްކަމަށް ވެއްޖެނަމަ، ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ވަނީ ނިންމަވައިފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރަމަޟާން މަހުގެ ރަސްމީގަޑި މިގޮތަށް ހަމަޖެއްސެވުމުން ރަސްމީގަޑިއަށް މަސައްކަތްތައް ފައްތަވައިގެން ކުރިއަށް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
Ramalan mahu fihaarayhah lappaa gadi 11 ah badhalu nukurevvun raeesul jumuhooriyyaa arihun varah adhabuverikamaaieku dhannava.