އަމީތާބް ބައްޗަން ބްލޮގް ކުރުމުގައި މެދު ކެނޑުމެއް ނެތި 3676 ދުވަސް

ބޮލީވުޑް ގެ މެގަ ސްޓަރ އަމީތާބް ބައްޗަން މެދުކެނޑުމެއް ނެތި ބްލޮގް ކުރާތާ ދިހަ އަހަރު ވެއްޖެއެވެ.

އަމީތާބް ފުރަތަމަ ބްލޮގް ކުރީ 2008ވަނަ އަހަރުގެ އޭޕްރިލް މަހުގެ 17ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ބްލޮގް ގައި ކޮންމެ ދުވަހަކު ލިޔެއެވެ. އޭނާ ބުނެފައިވާ އިއްޔެ އަކީ އޭނާ ބްލޮގް ކުރަން ފެށިތާ 3676ވަނަ ދުވަހެވެ. އަމީތާބް ހުރީ ބްލޮގް ކުރުން ހުއްޓާލާ ގޮތަކަށް ނޫނެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ބްލޮގް ގައި ލިޔުން އަދިވެސް ކުރިޔަށް އޮތީ އެވެ.

އަމީތާބް އަށް ތާއީދު ކުރާ މީހުންނާއި ރައްޓެހިންނާއި އާއިލާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެއެވެ. އޭނާ ބުނާ ގޮތުން ބްލޮގް ކުރުމަކީ ދުރުގައި ތިބި އޭނާގެ "އާއިލާ' އާއި އޭނާ ގުޅުން ބާއްވާ ގޮތެވެ. އޭނާގެ ބްލޮގްޕޯސްޓަކަށް ދުރުގައި އޮންނަ 'އާއިލާ' އިން ކޮމެންޓް ނުކުރިޔަސް އޭނާ ހާސްވެ ކަން ބޮޑުވެއެވެ. ޓްވިޓަރ ފޮލޯވަރުން މަދުވާތީ ދާދި ފަހުން އޭނާ ޝަކުވާ ކުރި ކުރުމުންވެސް އޭނާއަށް އޭނާގެ ފޭނުން މުހިއްމު ވަރު ދޭހަވެއެވެ.

އޭނާ ބުނާ ގޮތުން ބްލޮގް ކުރާތާ ދިހަ އަހަރު ވުމަކީ ވަކިން ފާހަގަ ކުރަން ޖެހޭ ކަމެއް ނޫނެވެ. އޭނާ ލިޔާ ކޮންމެ ދުވަހަކީ ވެސް އެކަން ފާހަގަ ވާ ދުވަހެކެވެ. އަމީތާބް ވަނީ އޭނާގެ ރައްޓެހިންނާއި އޭނާ އަށް ތާއީދު ކުރާ މީހުންނާއި އާއިލާގެ ފަރާތުން އޭނާއަށް ލިބެމުންދާ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ.

.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.