ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފި

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ މި ކޯހަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް  ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށްގެންދަނީ މި މަހު 15 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށެވެ.

މިއީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ  އިލްމާއި އަމަލީ ހުނަރާއި، ސުލޫކީ މިންގަނޑުތަކާއި ޕްރޮފެޝަނަލް މިންގަނޑުތަކަށް އަހުލުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި “ފިޒިކަލް ޓްރެއިނިންގ އަދި ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ގާނޫނުތައް، ކޮމިއުނިކޭޝަން އެންޑް ޕޮލިސިންގ، ސެކިއުރިޓީ ސްކިލްސް، ލައިފް ސޭވިންގ ސްކިލްސް އަދި ބޭސިކް ފަސްޓްއެއިޑްއާއި ބޭސިކް ފަޔަރ ކޮންޓްރޯލް” ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވަނީ ސްޕެޝަލް ކޮންސްޓަބިއުލަރީ 16 ފިރިހެން ފުލުހުންނާއި 3 އަންހެން ފުލުހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.