ރައީސުލްޖުމްހޫރިއްޔާ ޱރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިޞްލާޙުކުރެއްވުމަށް ނިންމަވާފާވާ ނިންމެވުންތަކަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ނިންމުމެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމާއި، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމުގެ އިތުރުން، ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަކުރުމުން އެސްއޯއީތަކަށް އެންމެ މުހިންމު ކަންކަމަށް ދެވޭނެ ނިންމުމެއް ކަމަށެވެ. އަދި ކާރިސާދާރުކަމާއި، ޒިންމާދާރުކަން އިތުރުކޮށް ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ނިންމުމެއް ކަމަށެވެ.
މީގެއިތުރުން މާނަހުރި އިޞްލާޙީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެންނާއި އެކަންކަން ތަންފީޒުކުރުމުގެ އަޒުމުގައި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. އަދި މިއީ ސާފު މަޤްޞަދެއްގައި ގެެނެވޭ އިޞްލާޙީ ނިންމުމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
