ބޭނުންވާނެ ބާވަތްތައް:
10 ކުކުޅު ބިސް
220 ގުރާމް ހަކުރު
1.5 ލީޓަރު ކިރު
ތައްޔާރުކުރާނެ ގޮތް:
ބިހުގެ ތެރެއަށް ހަކުރު އަޅައިގެން ރަނގަޅަށް ގިރާށެވެ.
ދެން އޭގެ ތެރެއަށް މަދުމަދުން ކިރު އެއްކުރަމުން ގޮސް ދޮޅު ލީޓަރު ކިރު އެއްކުރާށެވެ.
އެއަށްފަހު 200 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރުމަށްފަހު ފިހޭށެވެ. 45 މިނެޓު ނުވަތަ 50 މިނެޓުން ރަނގަޅަށް ފިހެވޭނެއެވެ.
މިއީ އެންމެ ތިން ބާވަތް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކުރެވޭނެ މީރު ފޮނި ކާއެއްޗެކެވެ.
ނޯޓު: މި ރެސިޕީނަގާފައިވަނީ ކުކިސްޓުންނެވެ.