Aafathis

އަޅުގަނޑުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ އަގުވައްޓާލަން: ޔައުގޫބު

އޭސީސީއަށް މައްސަލައެއް ހުށަހަޅައިގެން ބަލަންޖެހޭ ވަރުގެ ކަމެއް ކޮށްފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ކޮންމެ މީހަކު ހުށަހެޅިޔަސް އޭސީސީއަށް އޭނާގެ މައްސަލައެއް ހުށަހަޅާފައިވަނީ އޭނާގެ އަގުވައްޓާލަން ކަމަށެވެ. "ކޮންމެތާކަށް ވެސް މައްސަލަ ހުށަހަޅަންވީ އެކަމަކު އެފަދަ މައްސަލައެއް ހުށަހަޅައިގެން ބަލަންޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަން،" ޔައުގޫބު ވިދާޅުވިއެވެ.

އޭނާއަށް ދެކޮޅަށް އޭސީއަށް މައްސަލައެއް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަމީމް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އެ ޓުވީޓުގައި ހުސައިން ވިދާޅުވެފައިވަނީ "ތާރީޚުން ފެންނާނެ މީނާ (ޔައުގޫބު) މިދިޔަ ދުވަސްތަކުގައި ސީޕްލޭންޓާމިނަލް ގެއްލޭތީ، ވަކިބަޔަކަށް ދޭތީ ބެވިވަރު. ެންތިއްބަވާ ބައްލަވަން، އެހެރޭ ކޮޅުގޮހޮރަށް ކައިގެން ކޮންމެ ކަމެއްވެސް އޯކޭވާނެ މިކަމުގައި. މިހާރު އެހުރީ ދަށުވެފައި. މިއީ ފެންވަރަކީ،" ކަމަށެވެ. ހުސައިން މިގޮތަށް ޓުވީޓު ކުރެއްވީ ރާއްޖެތެރޭ މީހުންނާ އިސްރާއީލު މީހުންނާ ހަމަހަމަކޮށް އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން ލަދުވެތިވެ ކަންބޮޑުވާ ކަމަށް ވިދާޅުވެ ޔައުގޫބު ޓުވީޓު ކުރެއްވުމުންނެވެ.

ޔައުގޫބު ވިދާޅުވީ ސީޕްލޭން ޓަރމިނަލްގެ މައްސަލާގައި އަދިވެސް އޭނާ ހުންނެވީ ކުރީގެ އުސޫލުގެ މަތީގައި ކަމަށެވެ. ކުރިން ވެސްކުރައްވަމުން ގެންދެވި ވަކާލާތު ކޮޅެއްގައި ޖެހެންދެން އަދިވެސް އެގޮތުގައި ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Exit mobile version