ކ. މާފުށީގައި ޓޫރިސްޓަކު ހައްޔަރުކުރި ގޮތާމެދު ގޯހެއްނެތްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައީސް ނަޝީދު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ އެއީ އިތުރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ. މި ޢަމަލުގެ ސަބަބުން ރާއްޖޭގެ ރީތި ނަން ޚަރާބުވެ ޓޫރިސްޓް ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.
"ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، އަންހެނެއްގެ ބަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމާއި، މިއެންމެ ކަންކަމީ ރާއްޖޭގެ ރީތި ނަންޚަރާބުވެ ޓޫރިސްޓް ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން" ރައީސް ނަޝީދު ވިދާޅުވީ
ކ. މާފުށީގައި ޓޫރިސްޓަކު ހައަޔަރު ކުރީގޮތާމެދު ރައީސް ނަޝީދާއި ޕޮލިސް ކޮމިޝަނަރ ކަންބޮޑުވުން ފާޅުކޮށް ފައި ވީނަމަވެސް ހޯމް މިނިސްޓަރ ޢިމަރާން ޢަބަދުﷲ ވިދާޅުވީ ސަލާމަތީ ނަޒަރުން ބަލާނަމަ އެ ޙާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސްކޮށް ކަމަށް ވިދާޅުވެވެން ނެތްކަމަށެވެ. އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެކަން ފާހަގަ ކުރައްވައި އެގޮތަށް އެކަން ނުވީތީ ހިތާމަ ކުރައްވާ ކަމަށް، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ބިކިނީގައި އުޅެނިކޮށް މާފުށީގައ ޓޫރިސްޓަކު ހައްޔަރުކުރި ގޮތާ ގުޅޭ ދެ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. ފުރަތަމަ އާއްމު ވެފައިވަނީ ފުލުހުން އަންހެން މީހާ ކޮންޓްރޯލް ހައްޔަރުކުރަން މަސައްކަތް ކުރަމުންދާ ވީޑީއޯ އެވެ. އެވީޑިއޯ އާންމުވުމާ ގުޅިގެން ގިނަބައެއްގެ ފާޑްކިޔުން ފުލުހުންނަށް އަމާޒުވިއެވެ. ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ފިރިހެން ފުލުހުން ތަކެއް އަންހެނަކު ހައްޔަރު ކުރުމަށް ގަޔަށް ބޮލަށް ރައިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ފަހުން އާންމު ވީޑިއޯގައި ފުލުހުން އެއަންހެން މީހާއަށް ނަސޭޙަތްތެރިވެ އެގޮތަށް ނޫޅުވޭނެކަމަށް ބުނުމުންވެސް އެ އަންހެން ފަތުރުވެރިޔާ އެކަމަށް އިންކާރުކޮށް ގަދަކަން ދައްކަން މަސައްކަތްކުރިތަން ފެނެއެވެ. އެހެން ކަމުން ފުލުހުން ޤާނޫނު ތަންފީޒު ކުރުމަށް ކުރި މަސައްކަތަށް އެތައް ބައެއްގެ ތަޢުރީފު ވެސް ފަހުގެ ވީޑިއޯއަށް ލިބިގެން ގޮސްފައި ވެއެވެ.