Aafathis

ކާނަލް ހުސައިން އަލީ ސަސްޕެންޑެއް ނުކުރޭ، ހުންނެވީ ކުރު ޗުއްޓީއެއްގައި: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ސަސްޕެންޑް ނުކުރައްވާ ކަމަށާއި އޭނާ ހުންނެވީ ކުރު ޗުއްޓީއެއްގައި ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ހުސައިން އަލީ ސަސްޕެންޑް ކުރެއްވުމަށްފަހު އޭނާގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ލެފްޓިނެންޓް ކާނަލް ރިޒްމީއާ ހަވާލު ކުރިކަމަށް ސޯޝަލް މީޑިއާގައި ވަނީ ޚަބަރު ފެތުރިފައެވެ. އެހެންނަމަވެސް އާޒިމް ވަނީ އެކަން ދޮގުކުރައްވައިފައެވެ.

މޭޖަރ އާޒިމް ވިދާޅުވީ ކާނަލް ހުސައިން އަލީގެ ޕޯސްޓު ވެސް ބަދަލުކޮށްފައި ނުވާކަމަށެވެ.

"ކާނަލް ހުސައިން އަލީ ހުންނެވީ ކުރު ޗުއްޓީއެއްގައި. އޭނާގެ ޕޯސްޓް ބަދަލު ކޮށްފައެއް ނުވޭ. އަދި ސަސްޕެންޑް ކޮށްފައެއް ވެސް ނުވޭ،" އާޒިމް ވިދާޅުވިއެވެ. ކާނަލް ހުސައިން އަލީ ސަސްޕެންޑް ކުރި ކަމަށް އަޑުފަތުރާފައިވަނީ ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރު ކޮށްދެއްވައިފައެއް ނުވެއެވެ.

Exit mobile version