މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ޕާމަނަންޓް ސެކެޓްރީއަކު އައްޔަންކުރައްވައިފިއެވެ. އަދި މިއަދު އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތު ތަކާ ޙަވާލުވެ ވަޑައިގެންފައެވެ.
އެޑިއެކޭޝަންގެ ޕީއެސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އައްޑު އަތޮޅު ހިތަދޫ ނޮވެންބަރުގޭ އަޙްމަދް ޢަލީ އެވެ. އަޙްމަދް ޢަލީއަކީ ތަޢުލީމީ ދާއިރާގައި ގިނަ ތަބޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާވަނީ އުނގަންނައިދިމާއި ސްކޫލް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ.
އަޙްމަދް ޢަލީ އެންެމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ.