Aafathis

އުންމީދަކީ އެމްއާރުއެމް އުފައްދަން ބޭނުންވާ ތިން ހާސް މީހުންގެ ސޮއި ރޯދައިގެ ކުރިން ލިބުން: ނާދިރާ

މޯލްޑިވިއަން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފަދަން ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެމްއާރުއެމްގެ އިސް ބޭފުޅެއް ކަމަށްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ތިން ސަރަޙައްދެއްގައި އެމްއާރުއެމްގެ ޓީމްތަކެއް ފޯމު ފުރުމުގެ މަސައްކަތުގައި ޙަރަކާތްތެރި ވަމުން ގެންދާ ކަމަށެވެ. މަސައްކަތް ކުރަނީ ރޯދައިގެ ކުރިން ތިން ހާސް ފޯމު ފުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 އޭނާ ވިދާޅުވީ އެމްއާރުއެމަށް މިހާރު ސޮއިކުރަމުން ގެންދާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށެވެ. "އިރާދަ ކުރެއްވިއްޔާ އެމްއާރުއެމްގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް. އެމްއާރުއެމްގެ ޙަރަކާތްތައް ފުޅާކޮށް ކުރިއަށް ގެންދެވޭނީ ޕާޓީއެއްގެ ޙައިސިއްޔަތު ލިބުމުން. ޕާޓީއަށް ސޮއި ކުރަމުންދާ މީހުންގެ ތެރޭގައި ގިނައީ ކިޔަވައިގެންތިބި ޒުވާނުން،" ނާދިރާ ވިދާޅުވިއެވެ.

އެމްއާރުއެމްއަކީ ރައީސް މައުމޫން އިސްވެ ހުންނައިގެން އުފައްދަވާ ތިންވަނަ ޕާޓީއެވެ. ފުރަތަމަ އުފެއްދެވީ ޑީއާރުޕީއެވެ. އެފަހުން އުފެއްދެވީ ޕީޕީއެމްއެވެ.

Exit mobile version