Aafathis

ޝަރުޢީ ކޯޓުތަކުގެ 2016 ވަނަ އަހަރުގެ މަސައްކަތް !

medium_86729
ޝަރުޢީ ކޯޓުތަކުގެ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ޕަރފޯމަންސް، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު، ރަގަޅު ކަމަށް ޝަރުޢީދާއިރާގެ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއްޔެ ޝާއިޢުކުރި ޝަރުޢީދާއިރާގެ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތައް ތިރީގައިއެވަނީއެވެ.
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ދަށުކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ނިންމި މައްސަލަތަކަށް ވުރެ %9.4 ވަނީ އިތުރުކުރެވިފައެވެ.

2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ 15.3% ވަނީ އިތުރުވެފައެވެ.

3.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނުއިރު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނު އިރު ކޯޓުތަކުގައި ނުނިމި މައްސަލަތަކަށް ވުރެ %15 މަދުކުރެވިފައިވެއެވެ.

4.    2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކާ އަޅާ ބަލާއިރު 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވާ މައްސަލަތައް ވަނީ ވަރަށް ބޮޑު ތަން މަދު ކުރެވިފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވާ 32.3% މައްސަލަ ކޯޓުތަކުގައި ނުނިމި ހުރިއިރު، 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވާ މައްސަލަތައް، 16% އަށް ދަށް ކުރެވިފައިވެއެވެ.

5.    2016 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ 84% މައްސަލަ އަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރު ނުވާ މައްސަލަތަކެވެ.
ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ސިވިލް ކޯޓުގެ ޕަރފޯމަންސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު 45.6% އިތުރު ވެފައިވެއެވެ.
2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު 36.1% އިތުރު ކުރެވިފައިވެއެވެ.
3.    2016 ވަނަ އަހަރު ފުރަތަމަ ހަމަސް ދުވަހުގައި ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަ ތަކުގެ އަދަދު ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކާ އަޅާބަލާއިރު 4.5% އަދަދު ދަށް ކުރެވިފައިވެއެވެ.
4.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރު ވެފައިވަނީ އެން 0.3% މައްސަލައެވެ.
5.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 118.8% މައްސަލަ ނިންމާފައިވެއެވެ.

ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ފެމިލީ ކޯޓުގެ ޕަރފޯމަންސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު، 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު 6.3% މައްސަލަ އިތުރަށް ނިންމާފައިވެއެވެ.
2.    2016 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ފެމިލީ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 20.2% މަދު ކުރެވިފައިވެއެވެ.
3.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފެމިލީ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރު ވެފައިވަނީ އެންމެ 1.3% މައްސަލައެވެ.
4.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 105.1% މައްސަލަ ނިންމާފައިވެއެވެ.
ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ކްރިމިނަލް ކޯޓުގެ ޕަރފޯމަންސް ވެސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 55.7% މައްސަލަ ނިންމާފައިވެއެވެ.

2.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވަނީ 38.8% މައްސަލައެވެ.
ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޖުވެނައިލް ކޯޓުގެ ޕަރފޯމަންސް ވެސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޖުވެނައިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 41.2% މައްސަލަ އިތުރު ވެފައިވެއެވެ.
2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޖުވެނައިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނިންމި މައްސަލަތަކާ އަޅާ ބަލާއިރު 11.1% މައްސަލަ އިތުރުވެފައިވެއެވެ.
3.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވަނީ 1 މައްސަލައެކެވެ.
4.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޖުވެނައިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 83.7% މައްސަލަ ޖުވެނައިލް ކޯޓުން ނިންމާފައިވެއެވެ.

ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޑްރަގް ކޯޓުގެ ޕަރފޯމަންސް ވެސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 124.5% މައްސަލަ އިތުރު ވެފައިވެއެވެ.
2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޑްރަގް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނިންމި މައްސަލަތަކާ އަޅާ ބަލާއިރު 22.5% މައްސަލަ އިތުރުވެފައިވެއެވެ.
3.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑްރަގް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރު ވެފައިވަނީ 8.1% މައްސަލައެވެ.
4.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 67% މައްސަލަ ނިންމާފައިވެއެވެ.

2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު މެޖިސްޓްރޭޓް ކޯޓުތަކުގެ ޕަރފޯމަންސް ވެސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 7.7% އިތުރުވެފައިވެއެވެ.
2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނިންމި މައްސަލަތަކާ އަޅާ ބަލާއިރު 11.5% މައްސަލަ އިތުރުވެފައިވެއެވެ.
3.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަ މެޖިސްޓްރޭޓު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 29.6% މައްސަލަ ދަށްކުރެވިފައިވެއެވެ.
4.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މެޖިސްޓްރޭޓު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވަނީ 16% މައްސަލައެވެ.
5.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 102.5% މައްސަލަ ނިންމާފައިވެއެވެ.

Exit mobile version