Aafathis

ރިޔާސީ ކޮމިޝަންގެ ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު ބިލެއް: ޑރ. ޚަލީލް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފައިވާ ރިޔާސީ ކޮމިޝަންގެ ބިލަކީ ޤާނޫނު ޢަސާސީއާ ޚިލާފު ބިލެއް ކަމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ރިޔާސީ ކޮމިޝަންގެ ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު ޢަސާސީއާވެސް ޚިލާފު ބިލެއް،" ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަރާފައިވާ ޤައުމުތަކުގައި ރިޔާސީ ކޮމިޝަންތައް ހަދަނީ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ސުވާލުކޮށް މަޢުލޫމާތު ހޯދުމަށް ކަމަށެވެ. އެ މަޢުލޫމާތު ހޯދުމަށްފަހު ޙަވާކުރަނީ ތަޙުޤީގުކުރާ އިދާރާ ތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެއީ ތަޙުޤީގު ކުރުމަށް ހަދާ ކޮމިޝަނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް އެޖެންޑާ ވެސް ކުރިއެވެ. އެހެންނަމަވެސް އަދި އެއަށް ވޯޓަށް އަހާފައެއް ނުވެއެވެ.

Exit mobile version